ބޮލީވުޑް

މީރާ ބަނޑުބޮޑުކަން ޔަގީންކޮށްދީފި

Apr 9, 2016
2

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތް ބަނޑުބޮޑު ކަމުގެ އަޑުތަކެއް މީގެ ދުވަސްތަކެއް ކުރިން ވަނީ އަރާފަ އެވެ.

މީރާ ބަނޑުބޮޑު ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އެންމެފަހުން އޭނާ އާއި ޝާހިދުގެ ގާތްފަރާތްތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. މިދެމީހުންގެ ފުރަތަމަ ދަރިފުޅަށް މީރާ ބަލިވެއިން ވާހަކަ ދެކެވެން ފެށުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން މީރާ ބޭރު ތެރެއިން ފެންނަލެއް ވެސް ވަނީ މަދުވެފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މީރާ ލަކްމޭ ފެޝަން ވީކްގެ ތެރެއިން ފެނުމުން ގިނބަޔަކު ވަނީ އޭނާ ބަނޑުބޮޑު ކަމަށް ބުނަން ފަށާފަ އެވެ. އެއިވެންޓުގައި ނަގާފައިވާ މީރާގެ ބައެއް ފޮޓޯތަކުގައި އޭނާ ބަނޑުގައި ހިފަހައްޓާގެން ހުންނައިރު، ފޮޓޯއަށް ބަލާލުމުން އޭނާގެ ބަނޑުބޮޑުކަން އިނގޭކަމަށް ނޫސްތަކުގައިވެ އެވެ.

އެންމެފަހުން މީރާ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތައް ޑިޒައިނަރު މަސާބާ ގުޕްތާ ވަނީ ޔަގީންކޮށްދީފަ އެވެ. މީރާއާ އެކު މަސާބާ ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ވަނީ "ޓޫ އެމްސް އެންޑް އަ ބަމް، ސޭ ހެއި ޓު ބޭ ލިޓްލް އެމް" ލިޔެފަ އެވެ. މަސާބާ އިންސްޓަގްރާމްގައި އާންމުކުރި މިފޮޓޯ އާއެކު މީރާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެކަން ވަނީ ޔަގީންވެފަ އެވެ.

މީގެއިތުރުންވެސް މީރާގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މީރާގެ ދެވަނަ ޓްރެމިސްޓާ މިހާރު ވަނީ ފެށިފަ އެވެ.

ނޫސްތަކުގައިވާ ގޮތަށް މިއީ މީރާގެ ދެވަނަ ޓްރެމިސްޓާ ނަމަ، އޭނާ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގެ ތެރޭގައި ވިހާނެ އެވެ.

އުމުރުން 35 އަހަރުގެ ޝާހިދު ދިއްލީ އަށް ނިސްބަތްވާ މީރާ، 21، އާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި ހަތްވަނަ ދުވަހު އެވެ.