ދުނިޔެ

އަފްގާނިސްތާނަށް ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

އަފްގާނިސްތާނާއި ތަޖަކިސްތާން ގުޅޭ ބޯޑަރު ސަރަހައްދަށް ބިންހެލުމެއް އައިސްފި އެވެ. މި ބިންހެލުން އައިސްފައިވަނީ، 6.6 މެގްނެޓިއުޑްގެ ބާރުމިނުގަ އެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މި ބިން ހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބު އަދި ސާފުނުވާއިރު، ހަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ބިން ހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވާނެ އެވެ.

ބިންހެލުމުގެ އަސަރު އަފްގާނިސްތާނާއި ތަޖަކިސްތާންގެ އިތުރުން ޕާކިސްތާނަށާއި އިންޑިއާއަށް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ކަޝްމީރަށާއި ޕެޝާވަރު އަދި ނިއު ދިއްލީއަށް ވަނީ ބިން ހެލުމުގެ އަސަރުކޮށްފަ އެވެ. ބިން ހެލުމާ ގުޅިގެން ނިއު ދިއްލީގެ މެޓްރޯ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.