ދުނިޔެ

މެލޭޝިޔާއިން 26 ފޫޓްގެ ބޮޑު ހަރުފައެއް ހިފައިފި

ކުއާލަ ލަމްޕޫރު (11 އެޕްރީލް) - މެލޭޝިޔާގެ ކޮންސްޓްރަކްޝަން ސައިޓަކުން 26 ފޫޓް (8 މީޓަރު) ގެ ބޮޑު ހަރުފައެއް ހިފައިފި އެވެ. އޮފިޝަލުން ލަފާކުރާ ގޮތުން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިފި މި ހަރުފައަކީ އެންމެ ދިގު ނުވަތަ އެންމެ ބޮޑު ހަރުފައިގެ ގޮތުގައި ދުނިޔޭގެ ރިކޯޑް ފޮތުން ޖާހަ ހޯދާފައިވާ، މެޑޫސާގެ ނަން ދީފައިވާ ޕައިތޮން އަށް ވުރެވެސް ބޮޑު ހަރުފައެކެވެ.

އެމެރިކާ އިން ފެނުނު މެޑޫސާގެ ދިގު މިނުގައި ހުންނަނީ 25.16 ފޫޓް ނުވަތަ 7.67 މީޓަރެވެ.

ކޮންސްޓްރަކްޝަން ސައިޓެއްގައި ފިލައި އޮތްވައި މެލޭޝިއާ އިން ހިފާފައިވަނީ އެންމެ ބޮޑުވާ ނުވަތަ ދިގުވާ ހަރުފައިގެ ވައްތަރެއް ކަމުގައިވާ ރެޓިކިއުލޭޓެޑް ޕައިތޮންއެކެވެ. މިއީ އިރުމަތީ އޭޝިއާ އަށް އާންމު ހަރުފައެއް އެކެވެ.


މެލޭޝިޔާގެ އޮފިޝަލުން ވިދާޅުވެފައިވަނީ، ކޮންސްޓްރަކްޝަން ސައިޓުން ފެނުނު ޕައިތޮންގެ ބަރުދަނުގައި 250 ކިލޯގްރާމް ހުރި ކަމަށެވެ. ސެލެބްރިޓީއެއްގެ ދަރަޖަ ހޯދާފައިވާ އެންމެ ބޮޑު ހަރުފައިގެ ގޮތުގައި ރިކޯޑް ފޮތުގައި އޮތް މެޑޫސާގެ ބަރުދަނުގައި 158.8 ކިލޯ ހުރެ އެވެ.

ކޮންސްޓްރަކްޝަން ސައިޓުން ޕައިތޮން ފެނުނީ އެތަނުގެ މަސައްކަތްތެރިންނަށެވެ. އަދި ޕައިތޮން ފެނުމުން، ވަގުތުން އިމަޖެންސީ ސަރވިސަސްއަށް ގުޅި ކަމަށްވެ އެވެ. މި ޕައިތޮން ހިފަން 30 މިނެޓަށް ވުރެ ގިނައިރު ނެގިކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

މެލޭޝިޔާއިން ފެނުނު ޕައިތޮންގެ ސަބަބުން މެޑޫސާއަށް ގިނެސް ވާލްޑް ރިކޯޑްސް ގައި ލިބިފައިވާ ޝަރަފް ގެއްލިދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މެލޭޝިޔާއިން ފެނުނު ޕައިތޮންގެ ދިގުމިނާއި ބަރުދަން ގިނެސް ވާލްޑް ރިކޯޑްސް އިން ޖެހޭނީ ފުރަތަމަ ކަމަކަށް ކަށަވަރު ކުރާށެވެ.