އަންހެނުން

ރަތް ހެދުމެއް ނޫން! އެކަމަކު އަންހެނުން މާ ގަޔާވާ ކަމެއް!

އަންހެނުންގެ ސަމާލު ހޯދާ، އަންހެނެއްގެ ހިތް އަތުލަން ފިރިހެނުން ތަފާތު އުކުޅުތައް ގެންގުޅެ އެވެ. އެކަމަކު މިފަހަރު ރަތް ހެދުމެއް ނޫނެވެ. އެހެން އުކުޅެކެވެ. ހަތިޔާރަކީ ކުޑަކުދިންނެވެ. އަންހެނުންނަކީ ކުޑަކުދިންނާ ވަރަށް ގަޔާވާ ބައެކެވެ. ގިނަ ފަހަރަށް ދަރިން ހޯދުމުގެ ޝައުގު ވެސް ގެންގުޅޭނީ އަންހެނުންނެވެ.

ކުޑަކުދިންނަށް އަންހެނުން ގެންގުޅޭ ލޯތްބަށް ބަލާފައި މިއީ ހަދާފައި އޮތް ރީސާޗެކެވެ. ރީސާޗް އޮތީ ހިއުމަން ބިހޭވިއާ އިން ދަ ސޯޝަލް އެންވައިރަމެންޓް ޖާނަލްގައި ޝާއިރުކޮށްފަ އެވެ. ރިސާޗް ބަލާފައި ވަނީ އަންހެނަކަށް ފިރިހެނަކު ކަމު ދިޔުމުގައި ކުޑަކުދިން އަދާކުރާ ރޯލާ ގުޅޭ ގޮތުންނެވެ. ރިސާޗަށް ބަލާލަމާ ހެއްޔެވެ؟

ރިސާޗްގައި ބުނާގޮތުން، ކުޑަކުދިން ދެކެ ލޯބިވާ އަދި ކުޑަކުދިންނަށް އަޅާލާ ފިރިހެނުން ދެކެ އަންހެނުން މާ ގަޔާވެ އެވެ. އެމީހުންނާ ދޭތެރޭ އަންހެނުންގެ ހިތްތަކުން ހާއްސަ މަގާމެއް ދެވި، ހާއްސަ ގަދަރެއް ކުރެ އެވެ.

ޔުނިވާސިޓީ އޮފް ސައުތް ބްރިޓާނީގެ ޕްރޮފެސާއެއް ހެދި މި ރިސާޗްގައި 49 އަންހެނުން ވަނީ ބައިވެރިވެފަ އެވެ. އެ އެންމެންނަކީ ވެސް 18 އަހަރާއި 25 އަހަރުގެ މީހުންނެވެ. ރިސާޗްކުރި ގޮތަކީ މިއީ އެވެ. ރިސާޗްގައި ބައިވެރިވި އަންހެނުންނަށް މަންޒަރެއް ދައްކަނީ އެވެ. އެއީ، އެ ރެސްޓޯރެންޓަށް ކުޑަ ކުއްޖަކު ގޮވައިގެން އަންނަ އަންހެނަކަށް އިހުތިރާމްކޮށް އެ އަންހެން މީހާގެ ދަރިފުޅަށް ގޮވާލައި ލޯބިކޮށް މަންޒަރެވެ. މިކަން ކުރަނީ ފިރިހެނެކެވެ. އެހެން ފިރިހެނެއް ދުރުގައި ބަލަން އިންނަނީ އެވެ.

ރިސާޗުން ނަތީޖާ ނެރުމަށް، ކުޑަކުއްޖާ ލޯބިކުރި މީހާ އާއި ދުރުގައި ބަލަން ހުރި ފިރިހެން މީހާ ގޮސް ރިސާޗިގައި ބައިވެރިވި އަންހެން މީހާ ގާތު ނަންބަރު ދިނުމަށް އަހަ އެވެ. އަންހެން މީހާ ރީއްޗަށް ވާހަކަ ވެސް ދެއްކީ ކުޑަކުއްޖާ ލޯބިކުރި ފިރިހެން މީހާއަށެވެ. އަނެއް މީހާއަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. މިގޮތަށް 49 އަންހެނެއްގެ ހިޔާލު މި ރިސާޗަށް ވަނީ ހޯދާފަ އެވެ. ގިނަ އަންހެނުން ގަޔާވަނީ ކުޑަކުދިން ލޯބިކުރާ ފިރިހެން މީހާއަށެވެ.

މި ރިސާޗުގައި ބުނެފައިވާ ގޮތުގައި އަންހެނަކު ހަޔާތުގެ ބައިވެރިިޔަކު އިހުތިޔާރުކުރާއިރު، އެމީހަކީ ރަނގަޅު ބައްޕައަކަށް ވާނެ މީހެއްތޯ ޓެސްޓުކުރެ އެވެ. އަންހުން އެންމެ ބޮޑު އިސްކަމެއް ދެނީ މިކަމަށެވެ. އެއަށްފަހު ފައިސާއަށެވެ، ރިސާޗްގައި ބުނެފައިވާ ގޮތުގައި އަންހެނުން ދެވަނަ އަށް އެންމެ އިސްކަމެއް ދެނީ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިހުތިޔާރުކުރާ މީހާއަކީ ރަނގަޅު އާމްދަނީ ހޯދާ، މަސައްކަތްތެރި މީހެއްތޯ އެވެ.