ބޮލީވުޑް

ޝްރަދާ ބުނަނީ މިވަގުތު އޭނާ ހުސްހަށިބައި ކަމަށް

Apr 14, 2016

"އާޝިގީ 2" އިން ވިދާލި ދެތަރިން ކަމަށްވާ ޝްރަދާ ކަޕޫރާއި އަދިތްޔަ ރޯއި ކަޕޫރު އެފިލްމުގެ ޝޫޓިން ތެރެއިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ.

މިހާރު މިދެތަރިން އަނެއްކާވެސް އެކުގައި އަންނަނީ "އޯކޭ ޖާނޫ" ކިޔާ ފިލްމެއް ކުޅެމުންނެވެ. މިފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް މިހާރު ނަގައި ނިމިފައިވާއިރު ޝްރަދާ ވަނީ އަދިތްޔަ އާއެކު އެހެން ފިލްމަކުން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް ބުނެފަ އެވެ.

އަދި ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އާޝިގީ 2"ގެ ޝޫޓިން ދުވަސްވަރު މަތިން މިފިލްމުގެ ޝޫޓިން ތެރޭގައި ވަރަށް ހަނދާންވި ކަމަށްވެސް ޝްރަދާ ވަނީ ބުނެފަ އެވެ.

ކުރިން ޝްރަދާ އަދިތްޔަ އާއި ރައްޓެހިވެ ރުޅިވެފައިވާއިރު އަނެއްކާ ވެސް އެކުގައި ފިލްމެއް ކުޅޭތީ މިދެތަރިންގެ ދެމެދުގައި އަލުން ގުޅުމެއް އޮތް ކަމާއި މެދު އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. މިކަމާ ގުޅިގެން ޝްރަދާ ވަނީ މީހުން ދައްކާ ވާހަކަތައް އޭނާއަށް ނުހުއްޓޭނެ ކަމަށާއި އެފަދަ ވާހަކަތަކުގެ އަސަރު އޭނާގެ މަސައްކަތައް ވިޔަނުދީ ބަލަނީ މަސައްކަތް ކުރެވޭތޯ ކަމަށް ބުނެފަ އެވެ.

"ހަމަ ޔަގީނުންވެސް އަހަރެން މިހާރު ސިންގަލް." ޝްރަދާ ބުނެފައިވެ އެވެ.

މިވަގުތު ހުސްހަށިބައިކަން ޔަގީންކޮށްދިން ނަމަވެސް އަދިތްޔަ އާއި މީގެކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ބުނާ ވާހަކައާ ގުޅިގެން އެއްވެސް އެއްޗެއް ޝަރްދާ ބުނެފައެއް ނުވެ އެވެ.

ޝްރަދާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ "ބާޢީ"އިން ޓައިގާ ޝްރޮފް އާއެކު އެވެ.