ބޮލީވުޑް

ރަންބީރު، ކެޓްރީނާ އަށް: އަހަރެން މަތިން ހަނދާން ނައްތާލާ!

Apr 16, 2016
3

ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވީ މިއަހަރުގެ ކުރީކޮޅުގައި ނަމަވެސް ރުޅިވިފަހުން ވެސް ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކޮށް އަލުން އެކުގައި އުޅެވޭތޯ ވަނީ މަސައްކަތްކޮށްފަ އެވެ.

މިދެތަރިންގެ ގާތް އެކުވެރިންވެސް ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކުރަން ކުރި ހުރިހާ މަސައްކަތް ވަނީ ބޭކާރުވެފަ އެވެ. ކެޓްރީނާ އާއި ރަންބީރު ރައްޓެހިވެގެން އުޅުނުއިރު އެކުގައި ދިރިއުޅުމުން އައި ގެއިންވެސް ނިކުމެގެން ގޮސް ވަނީ ކެޓްރީނާއާ ހުރިހާ ގުޅުމެއް ކަނޑާލާފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އޮތް މިދެތަރިންގެ ގާތް އެކުވެރިއެއްގެ އުފަންދުވަހުގެ ޕާޓީގެ ތެރެއިން ވަނީ ދިމާވެފަ އެވެ. މިޕާޓީ އަށް ބޮލީވުޑްގެ އެހެނިހެން ތަރިންވެސް ގޮސްފައިވާއިރު، މިޕާޓީ އަށް ގޮސް ރަންބީރާ ކެޓްރީނާ އެކަކު އަނެކަކާ ވާހަކަ ނުދައްކައި އުޅެފައިވަނީ ވަރަށް ދުރު ދުރުންނެވެ. ނަމަވެސް ފަހުން ރަންބީރު އޭނާގެ އެކުވެރިންތަކަކާ ވާހަކަދައްކަން ހުއްޓައި ކެޓްރީނާ ވަނީ ރަންބީރު ކައިރިއަށް ގޮސް، އޭނާ ރަންބީރާ ވަކިން ވާހަކައެއް ދައްކާލެވިދާނެތޯ އަހާފަ އެވެ.

ކެޓްރީނާ އެދެމަށް އިންކާރުކުރަމުން ރަންބީރު ވަނީ އޭނާ ކެޓްރީނާއާ ދައްކާނެ ވާހަކައެއް ނެތް ކަމަށާއި ދައްކާނެ ވާހަކައެއް އޮތިއްޔާ އޭނާގެ އެކުވެރިންގެ ކުރިމަތީގައި ބުނުމަށެވެ. އެންމެންގެ ކުރިމަތީގައި ހިތުގައިވާ އުދާސްތައް ބަންޑުންކުރަން ޖެހިލުންވެ ހުރެވެސް ކެޓްރީނާ ވަނީ އޭނާގެ ފޯނުކޯލުތަކާއި މެސެޖްތަކަށް ރަންބީރު ޖަވާބު ނުދޭތީ އޭނާއާ ވާހަަކަދައްކާފަ އެވެ.

ކެޓްރީނާ ވަނީ ރަންބީރު ކުރެން އެދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް އަދި އެއް ފުރުސަތު ދޭން އެދިފަ އެވެ. ޖަވާބުގައި ރަންބީރު ވަނީ އެދެމީހުންގެ ދެމެދުގައި އޮތް ހުރިހާ ގުޅުމެއް މިހާރު ނިމިފައިވާ ކަމަށާއި އިތުރު ފުރުސަތެއް ދޭން ޖެހޭވަރަށް ވުރެން އޭނާ އެކަމުން ދުރުވެއްޖެ ކަމާއި އަދި ރަނގަޅު ވަނީ ކެޓްރީނާ ވެސް ވީހާވެސް އަވަހަކަށް އެކަންތަކުން މޫވްއޮން ކުރިއްޔާ ކަމަށް ބުނެފަ އެވެ.

ރަންބީރުގެ ހިތުގައި މިހާރު އޭނާއަށް އެއްވެސް ޖާގައެއް ނެތްކަން އެނގުމުން ކެޓްރީނާ ވަނީ ޕާޓީ ތެރޭގައި ކަނެއްގައި އިން ގޮނޑިއެއްގައި ހުރެ ވަރަށް ރޮއެފައި ކަމަށާއި އެވަގުތު އެތަނުގައި ތިބި މީހުންވެސް އެކަމާއި ވަރަށް ދެރަވި ކަމަށް ބުނެފަ އެވެ. އަދި އެންމެންގެ ތެރޭގައި ރަންބީރު އެގޮތަށް ކެޓްރީނާގެ އަގުވައްޓާލަން ނުޖެހޭނެ ކަމަށް އެވަގުތު މިޕާޓީގައި ހުރި ފަރާތްކުން ނޫސްތަކުގައި ބުނެފައިވާ ކަމަށްވެ އެވެ.

މީގެއިތުރުންވެސް ކެޓްރީނާ ވަނީ މިދިޔަ ހަފްތާގައި އޮތް ސައިފް އަލީ ޚާންގެ އުފަންދުވަހުގެ ޕާޓީގެ ތެރެއިން ވެސް ރަންބީރާ ވާހަކަދައްކަން މަސައްކަތްކޮށްފައި ކަމަށްވެ އެވެ.

ކޮންމެއަކަސް ކެޓްރީނާ އަންނަނީ ރަންބީރާ އޭނާއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކުރެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ.