ސަންގު ޓީވީ

ސަންގު ޓީވީ އިން ފުލުހުން ގެންދިޔަ ބައެއް ތަކެތި ހަވާލުކޮށްފި

ސަންގު ޓީވީއަށް ކޯޓު އަމުރެއްގެ ދަށުން ވަދެ، ފުލުހުން ގެންދިޔަ އެ ސްޓޭޝަނުގެ ބައެއް ސާމާނު އަނބުރާ ހަވާލުކޮށްފި އެވެ. ސާމާނުތައް ޓީވީ ސްޓޭޝަންއާ ހަވާލުކޮށްފައިމިވަނީ އެކަން އޮތް ހިސާބެއް ބެލުމަށް މީޑިއާ ކައުންސިލުން ހޯމް މިނިސްޓަރު އުމަރު ނަސީރު އަރިހުގައި ދަންނަވާފައިވަނިކޮށެވެ.

ސަންގު ޓީވީން ބުނެފައިވަނީ، ފުލުހުން ގެންދިޔަ އިކުއިޕުމަންޓުތަކުގެ ތެރެއިން ތިން ލެޕްޓޮޕާއި ހަތަރު ހާޑު ޑިސްކު ހަވާލުކޮށްފައިވާ ކަމަށެވެ.

ސަންގު ޓީވީގެ އިކުއިޕުމަންޓުތައް ފުލުހުން ގެންދިޔައީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފުލުސް ކޮމިޝަނާ ހުސައިން ވަހީދަށް އިންޒާރު ދީ އަދި ރާއްޖޭ ޓޫރިޒަމަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ވިޑީއޯއެއްގެ މައްސަލާގައި ފުލުހުންގެ ތަހުގީގަށެވެ.