ފިނިޕޭޖް

4426 ގެ ޕްރޮމޯޝަނަލް ލަވަ އައިޑޮލްގެ ބައިވެރިއެއްގެ އަޑުން

އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ފިލްމް ޑައިރެކްޓަރު އަދި ފިލްމް ޕްރޮޑިއުސާ ފާތުމަތު ނަހުލާ ހަދާ "4426" ގެ ލަވއެއް މިހާރު ޕީއެސްއެމުން ކުރިއަށްގެންދާ މޯލްޑިވިއަން އައިޑޮލްގެ ޓޮޕް ފައިވް ބައިވެރިންގެ ތެރެއިން ބައިވެރިއެއް ލައްވާ ކިޔުއްވަން ނިންމާފައިވާ ކަމަށް ނަހުލާ ބުނެފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑު ޓޮޕް ފައިވްގެ އެލިމިނޭޝަން ޝޯގައި ގެސްޓު ޖަޖެއްގެ ގޮތުގައި ބައިވެރިވެ ނަހުލާ ބުނީ އައިޑޮލްގެ ބައިވެރިއެއްގެ އަޑުން ކިއުއްވަން ނަހުލާ ބޭނުންވަނީ ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ކަމަށެވެ.

ރޭގެ އެލިމިނޭޝަން ޝޯ ނިންމާލުމަށްފަހު އަވަސް އަށް ދިން އިންޓަވިއުއެއްގައި ނަހުލާ ބުނީ އެލަވަ ކިއުއްވާނީ ކޮން ބައިވެރިއަކު ލައްވާކަމެއް އަދި ބުނެވެން ނެތް ކަމަށެވެ. މިޝޯގައި ބައިވެރިންގެ ފަރާތުން އެންމެ އެކަށީގެންވާ ޕާފޯމެންސް ފެންނަމުންދާ ކަމަށާއި މިހާހިސާބަށް އައުމުން ދެން ކަޓާނީ ކޮން ކުއްޖެއް ކަމެއް އަންދާޒާ ކޮށްލަން ނޭނގޭ ކަމަށެވެ.

"މި ޝޯގައި ކުދިން މިދައްކާ ޕާފޯމެންސަށް ބުނެލާނީ މިއީ ހަމަ އުންމީދުކުރި ފެންވަރުގެ ޕާފޯމެންސެކޭ، ޕްރެކްޓިސް ކުރަން ލިބޭ ވަގުތާއި ބަލާފައި ކުދިންގެ ލަވަތައް ހަމަ ވަރަށް ފުރިހަމަ" ނަހުލާ ބުންޏެވެ.

" އާ ކުދިން ލައްވައި ލަވަ ކިޔުންވަން ބޭނުންވޭ އަހަރެން ވެސް." މީގެކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ނަހުލާ ބުނެފައިވެ އެވެ.