ބޮލީވުޑް

ބައްޕައަކަށް ވާން އުޅޭކަން ޝާހިދު ވެސް ޔަގީންކޮށްދީފި

Apr 17, 2016

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތް، އެދެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް ވާހަކަތައް ދެކެވެމުން ދަނިކޮށް އެކަން ޔަގީންވާ ފަދަ ގޮތަކަށް ވާހަކަދައްކާފައިވަނީ ޝާހިދުގެ އެކުވެރިއެއް ކަމަށްވާ ޑިޒައިނަރު މަސާބާ ގުޕްތާ އެވެ.

އެއަށްފަހު މިވާހަކަތައް މީޑިއާގައި ދެކެވެމުން އައި ނަމަވެސް ޝާހިދު މިކަމާ ގުޅިގެނ މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. ނަމަވެސް ޝާހިދު ވަނީ ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު "އުޅްތާ ޕަންޖާބު" ގެ ޓްރެއިލާ ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބައްޕަ އަކަށް ވާން އުޅޭކަން ޔަގީންކޮށްދީފަ އެވެ.

"އާން. އަހަރެން ވަރަށް އަވަހަށް ބައްޕަ އަކަށް ވާނެ" ޝާހިދު ބުނެފައިވެ އެވެ.

މިރާ ބަނޑުބޮޑުކަން މީޑިއާގައި ޝާހިދު ޔަގީންކޮށްދިން އިރު، ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރުވެސް އެތަނުގައި ހުއްޓެވެ. ބުނެވޭ ގޮތުގައި މީރާ ބަލިވެއިން ހަބަރު ޝާހިދަށް ފުރަތަމަ ލިބުނު އިރު އޭނާ ހުރީ "ރަންގޫން"ގެ ޝޫޓިންގަ އެވެ. އަދި އެހަބަރު އެންމެ ފުަރަތަމަ ވެސް ސައިފް އަލީ ޚާންގެ ފަރާތުން އެނގިފައިވަނީ ކަރީނާ އަށެވެ.

ނޫސްތަކުގައިވާ ގޮތުން މިއީ މީރާގެ ދެވަނަ ޓްރެމިސްޓާ އެވެ. އަދި އޭނާ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގެ ތެރޭގައި ވިހާނެ ކަމަށްވެ އެވެ.

ދީނީ އަޅުކަންކުރާ ގްރޫޕެއްގެ ތެރެއިން ދިމާވި ޝާހިދު ދިއްލީ އަށް ނިސްބަތްވާ މީރާއާ ދިމާވިއިރު، ދެމީހުން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި ހަތްވަނަ ދުވަހު އެވެ.