ބޮލީވުޑް

"ފޭން"އިން އެވޯޑެއް ނުލިބިއްޖިއްޔާ ރޯނަން: ޝާހްރުކް

Apr 17, 2016
1

ސުޕަސްޓާ ޝާހްރުކް ޚާންގެ އެންމެ ބޮޑު ފިލްމު "ފޭން" ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. މިފިލްމު މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑް ހަދާފައިވާއިރު، މިފިލްމުގައި ޝާހްރުކްގެ ޕާފޯމަންސްއަށް ގިނަބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

"ފޭން"ގައި ޝާހްރުކް ދައްކުވާފައިވާ އެކްޓިންއަށް އޭނާއަށް އެންމެ މޮޅު ބަތަލުގެ އެވޯޑު ހައްގު ކަމަށް ގިނަބަޔަކު ބުނަމުން ދަނިކޮށް ޝާހްރުކްވެސް ވަނީ މިފިލްމަކީ އޭނާ އެންމެ ބުރަކޮށް އަދި އެންމެ ގިނަ ވަގުތު ދީގެން ޝޫޓްކުރި ފިލްމު ކަމަށާއި އެވޯޑެއް މިފިލްމުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.

"މިފިލްމުން އަހަންނަށް އެވޯޑެއް ނުލިބި އެހެން މީހަކަށް ލިބިއްޖެނަމަ، އެމީހެއްގެ އަތުން އެއެވޯޑެއް ޖަހައިގަންނާނަން. ނޫނީ އަހަންނަށް ރޯންވެސް ރޮވޭނެ،" އޭނާ އަށް އެވޯޑެއް ހައްގުކަމަށް ބުނަމުން ޝާހްރުކް ބުނެފައިވެ އެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މިފިލްމަށް ފުރަތަމަ ދުވަހު ވަނީ 20 ކްރޯޑް ރުޕީޒް (200 މިލިއަން) ލިބިފަ އެވެ.

ޝާހްރުކް ޑަބަލް ރޯލުން ފެނިގެންދާ "ފޭން" އަކީ މަޝްހޫރު ސުޕަސްޓާރަކާއި އޭނާއާ ހެދި ދީވާނާވެފައިވާ ފޭނަކާ ދެމެދު ހިނގާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.