އައްޑޫ ސިޓީ

އައްޑޫގައި ސީޕްލޭންގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފަށައިފި

Apr 19, 2016
1

އައްޑު އަތޮޅު ގަމުގައި ސީޕްލޭންގެ ޚިދުމަތް ދޭން ޝައުގުވެރިވާ ބަޔަކު ހޯދަން ފަށައިފި އެވެ. އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޑެޓުން ބުނީ އެ އެއާޕޯޓްގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކޮށް ސީ ޕްލޭންގެ ޚިދުމަތްދޭން ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ.

އެކުންފުނިން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭ ސީޕްލޭންގެ ޚިދުމަތްދޭން ފެށުމަށެވެ. މި ފުރުސަތު ހުޅުވާލި އިރު އެ އެއާޕޯޓްގައި ސީ ޕްލޭންގެ ޚިދުމަތްދޭން ފެށުމަށް މިހާރުވެސް ވަނީ ފަޅުކޮންފަ އެވެ. އެހެން ކަމުން ހިދުމަތް ދިނުމުގެ މަސައްކަތާ ހަވާލުވާ ކުންފުންޏަކުން ޖެހޭނީ މޫދު ޕްލެޓް ފޯމު އަޅާށެވެ.