އެފްއޭއެމް

މަސް މަރާ ބަޑިއެއް އޮތް ކަމުގެ ތުހުމަތުގައި އެފްއޭއެމް ބަލާ ފާސްކޮށްފި

ކޯޓު އަމުރެއްގެ ދަށުން ގައުމީ ފުޓުބޯޅަ އިދާރާ އެފްއޭއެމްއަށް ފުލުހުން ވަދެ، އެތަން ބަލާ ފާސްކޮށްފި އެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ މިއަދު އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ، އެފްއޭއެމްއަށް ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާ ކަމަށާއި، އެ ތަނަށް ފުލުހުން ވަނީ މަސް މަރާ ބަޑިއެއް އެތަނުގައި އޮތް ކަމުގެ މައުލޫމާތެއް ލިބިގެން ކަމަށެވެ. ނަމަވެސް އެފަދަ އެއްޗެއް އެތަނުން ނުފެނުމުން އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ.

ފުލުހުން ވަނީ އެފްއޭއެމްގެ އޮފީހާއި އެ އިމާރާތުގައި ހުންނަ ކުލަބުތަކުގެ އޮފީސްތައް ވެސް ބަލާ ފާސްކޮށްފަ އެވެ.