އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
އޮބާމާ ސައުދީ އަރަބިޔާއަށް ވަޑައިގަތީ އެމެރިކާ އާއި ގަލްފު ގައުމުތަކާއި އޮތް ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާ ދުވަސްވަރެއްގައެވެ.
މި ދަތުރުފުޅުގައި ސައުދީ ރަސްގެފާނު ސަލްމާންގެ އިތުރުން، ގަލްފުގެ އެހެން ގައުމުތަކުގެ ވެރިންނާއި ވެސް ބައްދަލް ކުރައްވާނެއެވެ. އޭގެ ތެރޭގައި ގަތަރާއި އޮމާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ކުވައިތު އަދި ބަޚްރައިންގެ ވެރިން ހިމެނެ އެވެ.
މި ދަތުރުފުޅުގައި އެމެރިކާގެ ޑިފެންސް ޗީފް އޭޝްޓަން ކާޓާ ވެސް ވަނީ އޮބާމާގެ އަރިހުގައި ވަޑައިގެންނެވި އެވެ. ކާޓާ ނޫސްވެރިންނާއި މުހާތަބް ކުރައްވަމުން ވިދާޅުވެފައިވަނީ އީރާންގެ މިލިޓަރީ އޮޕެރޭޝަންތަކަށް ކައުންޓާ ކުރުމަށް މިލިޓަރީ އަދީ ނޭވަލް އެހީއަށް އަދިވަޑައިގަންނަވާނެ ކަމަށެވެ.
އެމެރިކާގެ ރައީސްއަށް ރަތް ދޫލައިގެ މަރުހަބާއެއް އެރުވި ކަމުގައިވިޔަސް ސައުދީ އަރަބިޔާއާއި އެމެރިކާގެ ޑިޕްލޮމެޓިކް ގުޅުމަށް ހީނަރުކަމެއް އައިސްފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އޮބާމާގެ މި ދަތުރުފުޅަށް ފަހު، ޖަރުމަނުއަށާއި އިނގެރޭސި ވިލާތަށް ވެސް ވަޑައިގަންނަވާނެ އެވެ.