ދުނިޔެ

2.2 ބިލިއަން މީހުނަށް ޒިކާ ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތް!

ޒިކާ ވައިރަހުގެ އަސަރު އަދި އޭގެ އަޑު ދުނިޔޭގައި މަޑުވެފައި ވަނިކޮށް އަނެއްކާވެސް މިވަނީ ޒިކާއާ މެދު އިތުރަށް ސަމާލުކަން ދޭންވާ ވަރުގެ ހަބަރެއް ފެންމަތިވެފަ އެވެ. ޖާނަލް އީލައިފްގައި ޝާއިއުކޮށްފައިވާ މި ހަބަރެއްގައި ބުނަނީ ޒިކާ ވައިރަސް ފެތުރެމުންދާ ސަރަހައްދު ތަކުގައި 2.2 ބިލިއަން މީހުން ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި އެ މީހުންނަށް ޒިކާ ވައިރަހުގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޒިކާ ވައިރަހަކީ އޭގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ ސިކުނޑި ހެދި ބޮޑުވުމަށް ހުރަސް އަޅާ މައިކްރޯސެފަލީ ކިޔާ ބައްޔެއް ޖެހޭ ވައިރަހެކެވެ. މި ބައްޔަކީ މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައިނުވާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ އަށް ހުން އައުމާއި ހަންގަނޑު ހަލާކުވެ ބިހި ފަދަ ތަކެތި ނެގުން ހިމެނެ އެވެ.

ޒިކާ ވައިރަހާ ބެހޭގޮތުން ކުރި މި ދިރާސާގައި ބައވެރިވި ޑރ. އޮލިވް ބްރޭޑީ ވިދާޅުވީ ޒިކާ ވައިރަހުގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ހިސާބުތަކުގައި 2.2 ބިލިއަން މީހުން އުޅެމުން އަންނަ އިރު އެތައް ހާސް ކުދިންނެއް ސިކުނޑީގެ އުނިކަމާއެކު އުފަންވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

ޒިކާ ވައިރަސް ފެތުރޭ ހިސާބު ތަކުގެ ތެރޭގައި ދެކުނު އެމެރިކާ އާދި އެފްރިކާވެސް ފާހަގަކުރެވެ އެވެ. އަދި މިހާރު މި ވައިރަސްވަނީ ދެކެނު އޭޝިއާ އާއި ހަމައަށް ދަތުރު ކޮށްފަ އެވެ. ހާއްސަކޮށް އެފްރިކާ އަދި ދެކުނު އޭޝިއާ އަގައި މި ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށްވެ އެވެ.

މި ދިރާސާގައި ބައިވެރިވި ސައިންޓިސްޓުން ބުނީ މިހާ ބޮޑު ކޭސްއެއް ރިޕޯޓުނުކޮށް މިއޮތީ ކީއްވެކަން އަދި ސާފުނުވާ ކަމަށެވެ. ޑެންގީ ނުވަތަ މެލޭރިއާ ކަމަށް ޝައްކުކޮށްގެން ރިޕޯޓު ނުކުރާ ކަމަށް ބޮޑަށް ބެލެވޭ ކަމަށެވެ.