ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ކެމްޕޭން މަހާސިންތާ މިފަހަރު ރ. އަތޮޅުގައި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސް ނަންގަވައިގެން ކުރިޔަށް ގެންދާ "ރައީސް ޔާމީން 2018" އަށް ކެމްޕެއިން ލީޑަރުން ތައްޔާރު ކުރުމުގެ މަހާސިންތާގެ ފަސްވަނަ ބުރު ރ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ. އެންމެ ފަހުން މަހާސިންތާ ބޭއްވީ ބ. އަތޮޅުގަ އެވެ. އެ ބުރުގައި 300 އެއްހާ ކެމްޕެއިން ލީޑަރުން ތަމްރީނުކުރި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުނެފައިވާ ގޮތުގައި، ރ. އަތޮޅުގައި ބާއްވާ މަހާސިންތާގެ ފަސްބުރު ފަށާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. މަހާސިންތާ ނިންމާލާނީ އަށް ވަނަ ދުވަހު އެވެ.

މިހާރު މަހާސިންތާގެ ރަޖިސްޓްރޭޝަން މަސައްކަތް ދަނީ ކުރަމުންނެވެ. ގާތްގަނޑަކަށް 400 އެއްހާ މަންދޫބުން މަހާސިންތާގެ ބައިވެރިވާނެ ކަމަށް ކެމްޕެއިން އޮފީހުން ވަނީ ބުނެފަ އެވެ.

މަހާސިންތާއަކީ ރައީސް ޔާމީން 2018 އަށް ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމަށް ކުރިއަށްދާ މަހާސިންތާއަކަށްވާއިރު، ލީޑަޝިޕްގެ ހުނަރާއި ޓީމްވޯކް ދަސްކޮށްދެ އެވެ. އަދި ޑޯ ޓު ޑޯ ކެމްޕެއިނާއި ސޯޝަލް މީޑިޔާއާ ގުޅޭގޮތުން ވެސް މަހާސިންތާތަކުގައި މައުލޫމާތުދެ އެވެ. މި މައުލޫމާތުތައްދީ، ސެޝަންތައް ނަންގަވައިދެއްވަނީ ކަމާބެހޭ މާހިރުންނެވެ.