އަލިފާން

އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އަލިފާނުގެ ހާދިސާ ހިނގީ އައިޖީއެމްއެޗްގެ ޖިމްގަ އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު އަވަސްއަށް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހަވީރު 4:30 ހާއިރު ކަމަށާއި އަލިފާން ރޯވިތާ 20 އަކަށް މިނެޓް ތެރޭގައި އަލިފާން ނިއްވާލެވުނު ކަމަށެވެ.

ޒީނަތު ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވެފައިނުވާ ކަމަށާއި، ޖިމްގެ ބައެއް ތަކެއްޗަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބުމާއެކު އެ އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.