ފޭރުން

ވަޅިން ބިރުދައްކައި ފަސް ލައްކަ ރުފިޔާ ފޭރިގެންފި

Apr 24, 2016
1
0%
0%
0%

ބޭންކަށް ޖަމާ ކުރަން ފަސްލައްކަ ރުފިޔާ ހިފައިގެން ދަނުކޮށް ވަޅިން ބިރުދައްކައިގެން، އެ ފައިސާތައް ފޭރިގަނެފި އެވެ.

ފުލުހުން ބުނީ މިއަދު 9:20 ހާއިރު ބުރުޒުމަގު ކައިރިން ކަށިމާ ހިނގުމުގައި މީހަކަށް ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށާއި އެ ފައިސާތައް ފޭރިގަތީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ވެގެން، ފައިސާ ތައް އުފިލި މީހާއަށް ވަޅިން ބިރުދައްކައިގެން ކަމަށެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހައި އިންވެސްޓްމަންޓްގެ މުވައްޒަފަކު ބެންކަށް ޖަމާކުރަން ދިޔަ ފަސް ލައްކަ ރުފިޔާ ފޭރިގަންނަން ދިޔަ ހަތަރު މީހަކު އޭނާގެ ކަރުގައި ވަޅިޖައްސައި ބިރު ދެއްކުމަށް ފަހު ފައިސާ ދަބަސް ހިފައިގެން ދިޔައީ އެވެ.

ފުލުހުން ބުނީ ފޭރިގަތް މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއަދި މި ހާދިސާ ހިނގި އިރު ރޭ މާލޭގައި ވަނީ ތިން ތިޖޫރީއެއް ފަޅާލައ ފައިސާގެ ބޮޑު ވައްކަމެއް ކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދި އަޑިއަލިސްޓް

ވަރަށް ދެރަ ކަމެއް. ގިނަ އަދަދެއްގެ ފައިސާ ޖަަމާކުރަން ގެންދިޔުމުގައި ފުލުހުންގެ އެހީ ހޯދުން މުހިންމު. އަދި މިބާވަތުގެ ހަބަރު ގެނެސްދޭއިރު، މި ކަމާ ގުޅުން ހުރި ފުލުހުން ފޯރު ކޮއްދޭ ހިދުމަތްތަކުގެ ވާހަކަ ގެނެސް ދިނުންވެސް މުހިންމު. މިސާލަކަށް ފުލުހުން ގިނަ އަދަދެއްގެ ލާރި ޖަމާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ވާހަކަ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345