ކުށްކުރުން

ފޭކް އެގްރިމެންޓް ހަދައި ފައިސާ އަތުލި މައްސަލަ ޕީޖީއަށް

ސައްހަ ނޫން އެއްބަސްވުތަކާއެކު ހީލަތް ހަދައި ގިނަ އަދަދެއްގެ މީހުން އަތު ފައިސާ އަތުލަމުން ދިޔަ މީހެއްގެ މައްސަ ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލަގައި ތުހުމަތުކޮށް ފުލުހުން ތަހުގީގެއް ކޮށްފައި ވަނީ ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދުގެ މައްޗަށެވެ.

ފުލުސް އިދާރާއިން މިއަދު ބުނީ ސައްހައް ނޫން އެއްބަސްވުން ތަކެއް ހަދައި ގިނަ އަދަދެއްގެ މީހުނަށް އެޕާޓްމަންޓްތަކެއް އޭނާ ކުއްޔަށްދީ މަކަރާއި ހީލަތް ހަދައި ފައިސާ ހޯދަމުން ދިޔަ މައްސަލައި ތަހުގީގު ނިންމާލާފައިވާ ކަމަށެވެ.

އަދި އޭނަގެ މައްޗަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

ފަހަކަށް އައިސް މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ގިނަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއަހަރު މިދިޔަ މަހުގެ ނިޔަލަށް މަކަރާއި ހީލަތުގެ 18 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެ އެވެ. މިދިޔަ އަހަރު މަކަރާ ހީލަތުގެ 482 މައްސަލައެއް މާލެ ސަރަހައްދުން ހުށަހަޅާފައިވާއިރު އަތޮޅުތަކުގެ ތެރެއިން 127 މައްސަލައެއް ހުށަހެޅި އެވެ، އަދި 2019 ވަނަ އަހަރު މާލެ ސަރަހައްދުން 397 މައްސަލައެއް ހުށަހެޅިފައިވާއިރު، އަތޮޅުތަކުގެ ތެރެއިން 101 މައްސަލައެއް ހުށަހެޅި އެވެ.

އޭގެތެރޭގައި ތަންތަން ކުއްޔަށް ދޭނެ ކަމަށް ބުނެ އެޑްވާންސްގެ ގޮތުގައި މީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ ހޯދާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.