ބޭރު ކުޅިވަރު

ސުއަރޭޒްގެ ބޮޑު ވައުދެއް! ރީނދޫ ކާޑު ހޯދައިގެން ވެސް ފުއްދާނެ!

ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ކުޑަ އަންހެއް ކުއްޖަކަށް ބޮޑު ވައުދެއް ވެއްޖެ އެވެ. އެ ވައުދު ކޮންމެ ފަދަ ހާލަކުން ވެސް ފުއްދާނެ ކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ. މިކަމެއް ހިނގާފައިވަނީ ޗެރިޓީ އިވެންޓެއްގެ ތެރޭގަ އެވެ.

އިއްޔެ ސުއާރޭޒް ދިޔައީ، "ސްޕޯޓްސް ސޮލިޑާރިޓީ ސްޓޯރީސް"ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރުމަށް ބޭއްވި އިވެންޓަކަށެވެ. ފޮތް ދައްކާލުމަށްފަހު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގެ ތެރެއިން ސުއަރޭޒްއާ ބައްދަލުވީ ކުޑަ އަންހެން ކުއްޖަކާ އެވެ. ތަފާތު ކުއްޖަކާ އެވެ.

ސުއާރޭޒްއާ ބައްދަލުކުރި އަންހެން ކުއްޖާއަކީ ބާސެލޯނާގެ ވަރަށް ބޮޑު ފޭނެކެވެ. މި ކުއްޖާގެ ވާހަކަ ސުއަރޭޒްގެ ސަމާލުކަން ހޯދީ އެ ކުއްޖާއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުންނެވެ. ކެންޑެލާއަށް ޖެހިފައިވަނީ ދުނިޔެއިން ވަރަށް މަދު ނޫނީ ނުފެންނަ ބައްޔެކެވެ. އެއީ، ޕީކޭޔޫ އެވެ. އެ ބައްޔަކީ ސިކުނޑިއަށް ގެއްލުންތަކެއްދޭ ބައްޔެކެވެ.

ނޫސްވެރިންނަށް މައުލޫމާތުދޭން އިން ސުއަރޭޒް ވަނީ ކެންޑެލާ ކައިރިއަށް ގޮސް ވައުދެއްވެފަ އެވެ. އެ ވައުދަކީ ދެން ސުއަރޭޒް ކާމިޔާބުކުރާ ގޯލެއް ކުޑަކުޑަ ކެންޑެލާއަށް ހާއްސަކުރާނެ ކަމުގެ ވައުދެވެ. ރީނދޫ ކާޑެއް ހޯދައިގެން ވިޔަސް ވައުދު ފުއްދާނެ ކަމަށް ސުއަރޭޒް ބުންޏެވެ.

ކެންޑެލާއަށް ޖެހިފައިވާ ބައްޔަށް މީހުން ހޭލުންތެރިކުރުމަށް ކެންޑެލާގެ މަންމަ ގެންގުޅުނު ޓީޝާޓެއް ސުއަރޭޒް ޓީޝާޓުގައިވާ މެސެޖު މީޑިއާއަށް ދައްކާލައި، އެ ޓީޝާޓްއާ ހަވާލުވެފަ އެވެ.