އެމްޓީސީސީ

އޭސީ ފެރީގެ ހިދުމަތް ހުއްޓިއްޖެ، ފެށޭނެ ދުވަހެއް ނޭނގޭ: އެމްޓީސީސީ

މާލެ އާއި ހުޅުމާލެ ދެމެދު ދަތުރު ކުރަމުންދާ ޕްރިމިއަމް ލިންކް އޭސީ ފެރީތަކުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި ފެރީގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނީގެ މީޑިއާ ކޯޑިނޭޓާ މިއަދު އަވަސް އަށް ވިދާޅުވީ ފެރީގެ ހިދުމަތް އަލުން ފެށޭނެ ތާރީހެއް ބުނަން ނޭނގޭ ކަމަށާއި މައްސަލަ ހައްލުވެއްޖެނަމަ މާދަމާވެސް ދަތުރުތައް ފެށޭނެ ކަމަށެވެ. މި މައްސަލަތައް ހައްލުކުރަން ދެ ފެރީވެސް މިހާރު ތިލަފުއްޓަށް ގެންގޮސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭސީ ފެރީގެ ހިދުމަތް މެދުކެނޑިފައިވަނީ އިއްޔެ އެވެ. އޭސީ ފެރީގެ ހިދުމަތް މެދުކެނޑުނު ނަމަވެސް އެހެން ފެރީތައް ޝެޑިއުލާ އެއްގޮތަށް ދަތުރުކުރަމުން އަންނާތީ ހުޅުމާލެ އާއި މާލެއާ ދޭތެރޭ ދަތުރުތައް ކުރުމަށް ދަތިތަކާ ކުރިމަތިނުވާނެ ކަމަށެވެ.

ހުޅުމާލެ އާއި މާލެ އާ ދެެމެދު އޭސީ ފެރީގެ ހިދުމަތް ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހެވެ.