ކާނާ

ސާފުތާރިކަން ކުޑަވެގެން އެލްސިއޯން ބޭކަރީ ބަންދު ކުރުމަށްފަހު ހުއްދަ ދީފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މިންގަނޑަށް ނުފެތުމުގެ ސަބަބުން އެލްސިޔޯން ބޭކަރީ ބަންދުކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެބޭކަރީ ބަންދުކުރީ ސާފުތާހިރުކަން ކުޑަވެގެންނެވެ.

މިގޮތަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަންދުކުރާ ތަންތަން ހުޅުވޭނީ އެއޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ބަދަލުކޮށްގެންނެވެ. އެލްސިއޯން ބޭކަރީއަކީ ޕާނާއި ބަނަސް ފަދަ ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި އުފައްދާ ތަނެކެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ އެލްސިޔޯން ބޭކަރީ ބަންދުކުރީ އެއޮތޯރިޓީގެ މިންގަނޑުތަކަށް ނުފެތޭތީ މިދިޔަ ބުރާސްފަތި ދުވަހު އިންސްޕެކްޓް ކުރުމަށްފަހު ކަމަށެވެ. ނަމަވެސް މިހާރު އެ ބޭކަރީން ވަނީ އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހައިޖީން ޕޮލިސީއަށް އަމަލީގޮތުން ބަދަލު ގެނެސްފައި ކަމަށެވެ. އަދި މިއަދު އެ ބޭކަރީ އަލުން ހުޅުވަން ހުއްދަ ދީފައިވާ ކަމަށެވެ.