ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ފައިދާއިން ހިއްސާއަކަށް 17ރ. ބަހަން ހުށަހަޅައިފި

  • ހިއްސާއަކަށް ޖެހޭ އަދަދު ދަނީ މަތިކުރަމުން
  • 2013 ގެ ފައިދާއިން ބެހީ ހިއްސާއަކަށް 16ރ.
  • މި އަހަރު ހިއްސާއަކަށް 17ރ. ބަހަން ވަނީ ހުށަހަޅާފަ

ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 17ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލް އިން އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 17ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ ޑިރެކްޓަރުންގެ ބޯޑުން ނިންމާފަ އެވެ. މިއީ ކުންފުނީގެ ތާރީހުގައި ރެކޯޑު އަދަދެއްގެ ފައިދާއެއް ބަހަން ހުށަހެޅި ތިން ވަނަ އަހަރެވެ.

އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ގޮތުން ހިއްސާގެ ފައިދާގެ ގޮތުގައި 91.4 މިލިއަން ރުފިޔާ ބަހާނެ އެވެ.

ގައުމީ ބޭންކުން ދަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަމުން ގެންދާއިރު، 2013 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހާފައިވަނީ 16ރ. އެވެ. އަދި އެ އަހަރު ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 86.1 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.