ރައީސް އަބްދުﷲ ޔާމީން

ޑރ. ކަލާމްގެ ޝަރަފުގައި ދޭ އެވޯޑް ހަފުލާއަށް ރައީސް މާދަމާ އިންޑިއާއަށް

Apr 25, 2016
2

އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ ޢަބްދުލްކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ދޭ "ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އެވޯޑް އެރުވުމުގެ ރަސްމިއްޔާތަށް މާދަމާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންޑިޔާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނަނީ މި މަހުގެ 27 ވަނަ ދުވަހު ހެނދުނު އެވެ.

ކަލާމް ޕުރަސްކާރް އަކީ ގަ އުމުތަކުގެ އިސްވެރިންގެ ތެރެއިން އެ ގއުމެއްގެ ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީނަށެވެ.

ޑރ. ކަލާމް ޕުރަސްކާރް ލިބިވަޑައިގަންނަވާ ފަރާތްތައް ކަނޑައަޅުއްވަނީ، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ ކޮމިޓީއަކުންނެވެ. މީގެ ތެރޭގައި އިޖްތިމާއީ ދާއިރާއިން ޚިދުމަތްކުރައްވާ ފަރާތްތަކާއި، އިންޑިޔަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުގެ ކުރީގެ ޗެއާމަނާއި، އިންޑިޔާ ސަރުކާރުގެ ސަފީރުންނާއި، ކައުންސެލް ޖެނެރަލުން ހިމެނިވަޑައިގަންނަވައެވެ.