ބޭރު ކުޅިވަރު

އުރީދޫ-ޕީއެސްޖީ ކޯޗިން ކޭމްޕް މި އަހަރުވެސް ރާއްޖޭގައި

Apr 26, 2016

އުރީދޫ ގްރޫޕާއި މަޝްހޫރު ފުޓުބޯޅަ ކްލަބް ޕީއެސްޖީއާ ގުޅިގެން ކުރިއަށް ގެންދާ ކޯޗިން ކޭމްޕުން މި އަހަރުވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކްލަބް ޕީއެސްޖީއާ ގުޅިގެން އުރީދޫ ގްރޫޕުން ސިލްސިލާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން މި އަހަރު ވެސް ކޭމްޕުގެ ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މެދު އިރުމައްޗާއި އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގައި ތިބި ޒުވާން ކުދިންނަށް ހާއްސަ ކޯޗިން ކޭމްތަކެއް ބާއްވާފައިވެ އެވެ.

އުރީދޫން ބުނީ ޓިއުނީޝިއާގައި ބޭއްވި ޓްރޭނިން ކޭމްޕުގައި 200 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށެވެ. މި ޕްރޮގްރާމުގައި 30 ކޯޗުންނަށްވެސް ތަމްރީން ދީފައިވާ ކަމަށެވެ.

އުރީދޫ ގްރޫޕްގެ ސީއީއޯ ޝެއިހް ސައުދު ބިން ނާސިރް އަލް ތާނީ ވިދާޅުވީ މި ޕްރޮގްރާމުގެ ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ.

"މި ކޭމްޕުގައި ހަމައެކަނި ދަސްކޮށްދޭނީ އަހުލާގާއި ފުޓްބޯޅައިގެ ގަވާއިދުތަކެއް ނޫން. މި ކޭމްޕް ތަކުން ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފައްދާ،" އޭނާ ވިދާޅުވި އެވެ.