އެކްސިޑެންޓް

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މުސްކުޅި އަންހެނެއްގެ ފައި ބިނދިއްޖެ

Apr 26, 2016

އައްޑު ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ އަންހެނެއްގެ ފައި ބިނިދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެ މީހާއަށް ފަރުވާ ދޭން ފަށައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ޜޭ އިރާކޮޅު 9:45 ގައި އައްޑޫ ސިޓީ، ލިންކް ރޯޑުގެ މަަރަދޫ ސްލިޕްވޭގެ ބައިން ދުއްވި ޓެކްސީއަކުން ޖެހިގެނެވެ. އެކްސިޑެންޓްގައި އުމުރުން 79 އަހަރުގެ އެ އަންހެން މީހާގެ ގައިގައި ކާރުން ޖެހުމުގެ ސަބަބުން އަންހެން މީހާގެ ވައަތު ފައި ބިނދި ހަށިގަނޑަށް ބައެއް އެހެން ޒަހަމްތައް ވެސް ލިބިފައި ވެއެވެ.

އެ އަންހެން މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އާއިލާއިން ދަނީ ކުރަމުންނެވެ.

ރޭގެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުން ފުލުހުން ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.