ހޮޓެލް ޖެން

އާތް ޑޭ ފާހަގަ ކުރަން ހޮޓެލް ޖެންގައި އާޓް އެގްޒިބިޝަނެއް

Apr 26, 2016

އާތު ޑޭ ފާހަގަ ކުރަން ހޮޓެލް ޖެންގައި އާޓް އެގްޒިބިޝަނެއް ބާއްވައިފި އެވެ.

ހޮޓެލް ޖެންއިން ބުނީ "އާތް ޑޭ" އާ ގުޅުވައިގެން ކަނޑު އަޑީގެ ވެއްޓަށް މީހުން ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި އެގްޒިބިޝަންގެ ދަށުން ތަފާތު ކުރެހުންތައް އެ ހޮޓަލުގެ "ލައިމް" ރެސްޓޯރެންޓުގައި ބަހައްޓާފައިވާ ކަމަށެވެ.

ހޮޓެލް ޖެންގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބެހެއްޓި ކުރެހުންތައް ކުރަހާފައިވަނީ ޕަޑީ ސެޓިފައިޑް ސްކޫބާ ޑައިވަރެއް ކަމަށްވާ އެމްއުމާ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި މިފަދަ ގިނަ އެގްޒިބިޝަންތައް ބާއްވާފައިވެ އެވެ.

ދުނިޔޭގައި ފާހަގަ ކުރާ މުހިންމު ދުވަސްތައް ހޮޓެލް ޖެން އިން ފާހަގަ ކުރެ އެވެ.