ޑޯޕިން ޓެސްޓުން ފޭލްވި ނަމަވެސް ދެ ވަނަ ސާމްޕަލެއްދީގެން އެމައްސަލައިން ސަލާމަތްވާން މަސައްކަތް ނުކުރަން ލިވަޕޫލްގެ ފްރާންސް ޑިފެންޑަރު މަމަޑޫ ސަކޯ ނިންމައިފި އެވެ.
ޔޫރޮޕާ ލީގުގައި ބޮރޫޝިޔާ ޑޯޓްމުންޑް އަތުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ކުރި ޑޯޕިން ޓެސްޓުން ސަކޯ ފެއިލްވީ ހަށިގަނޑުން ސަރުބީ ނައްތާލަން ބޭނުންކުރާ ބޭހެއް އޭނާ ބޭނުންކޮށްފައިވާތީ އެވެ. ނަމަވެސް މިއީ ކުޅިވަރުގައި ބޭނުންުރުން މަނާ ބޭހެއް ނޫން ކަމަށް ސަކޯގެ ފަރާތުން ވަނީ ބުނެފަ އެވެ. އަދި އަންނަ އަންގާރަދުވަހުގެ ކުރިން ދެ ވަނަ ފަހަރަށް ޓެސްޓް ހަދައިގެން މިކަމުން ސަލާމަތްވުމުގެ ފުރުސަތު އޭނާ މިހާރުވަނީ ދޫކޮށްލައިފަ އެވެ.
މި މައްސަލަ ޔޫޕަުގެ ފުޓްބޯޅަ ޖަމިއްޔާއިން އިތުރަށް ބަލަމުންދާއިރު ސަކޯ އަދި ސަސްޕެންޑެއް ނުކުރެއެވެ. ނަމަވެސް ލިވަޕޫލުން ވަނީ ރަސްީކޮށް ސަކޯ ސަސްޕެންޑްކޮށްފައިނުވި ނަމަވެސް މި ސީޒަނުގައި އޭނާ ލައްވައި ނުކުޅުވަން ނިންމައިފައެވެ. އެއީ ޔޫއޭފާއިން މި މައްސަަލަ ބަލައި ވަކި ގޮތެއް ނުނިންމާތީ އެވެ.
ލިވަޕޫލަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓްގެ ޔާޔާ ޓޯރޭ ވެސް މަނާ ބޭހެއް ބޭނުންކުރުމުން 2011 ވަނަ އަހަރު ޑޯޕިން ޓެސްޓޫން ފޭލިވި އެވެ. އެ ފަހަރު އޭނާ އަށް ހަ މަސްދުވަހަށް ސަސްޕެންޑްކުރި އެވެ. ސަކޯ އަށް މިފަދަ ސަސްޕެންޝަނެއް އަތުވެއްޖެނަމަ އަންނަ ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.
ފްރާންސްގެ ޕީއެސްޖީން ސަކޯ ލިވަޕޫލާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލަށް 34 މެޗު ކުޅެދީފަ އެވެ.