ލައިފްސްޓައިލް

ސްޓްރެސްއާ ހެދި އޮބިނޯވެގެން އުޅޭ ނަމަ މިހެން ކެވިދާނެ

ދިރިއުޅުމަކީ ބުރަ ކަމެކެވެ. ދުވަހުގެ ބިޒީ ޝެޑިއުލް މީހާ ހާސްކޮށްލަ އެވެ. ދިރިއުޅުމުގެ ހާސްކަމާއި ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ކަންކަމުން މީހ ސްޓްރެސްވުމަކީ އާންމުކަމެކެވެ. އަދި ސްޓްރެސް ވާން ފެށީމަ، ބަރާބަރަށް ކަސްރަތުކޮށް، ނިދި ހަމަކުރަން ޖެހޭކަން އެނގެ އެވެ. އަދި ރަނގަޅު ކާނާ ކާންވީކަންވެސް އެނގެ އެވެ. ރަނގަޅު ޑައިޓެއް ނަގަންވީ ވަގުތު ޖެހުނީ އެވެ.

ވަގުތީ ހައްލަކަށް އެންމެ ފަސޭހައިން އަބަދުވެސް ދުއްވައިގަނެވެނީ ލުއި ކާނާ ނުވަތަ ޖަންކް ފުޑްސް އާއި ދިމާލަށެވެ. ސްޓްރެސް ވީމަ ކާން ބޭނުންވަނީވެސް އެކަހަލަ އެއްޗެއްސެވެ. އޭގެ ބަދަލުގައި ވިސްނަންވީ ކާންވީ ހަށިގަނޑު ހަމައަކަށް އަޅުވާލާ ސްޓްރެސް ދުރުކޮށްދޭ ކާނާތައް ކަމެވެ. ވިޓަމިންސް އާދި އެހެނިހެން ނިއުޓރިއެންޓްސް އިން މުއްސަނދިވެފައި ހުރި ކާނާ ގާތް އެކުވެރިންނަށް ހަދަންވީ ކަމެވެ. މޫޑް ރަނގަޅުވާ ކަހަލަ ކާނާ ކެއުން މުހިންމެވެ. ނޫނީ ސްޓްރެސް އިތުރަށް ބޮޑުވާނީ އެވެ.

މިކަމާއި ބެހޭގޮތުން ސައިންސްވެރިން ބުނަނީ "ކާނާ އާ މީހާގެ މޫޑާ ވަރަށް ބޮޑަށް ގުޅިފައިވާ" ކަމަށެވެ. އަދި ސްޓްރެސް ހުންނަ އިރު ހަށިގަނޑުގައި، ފެޓް، ލޮނު އަދި ކެލަރީޒް ގިނަ އިން ހުންނަ ކާނާ އަށް ހަށިގަނޑު ބޭނުންވާ ކަހަލަ ހޯމޯންތައް އިތުރުވާ ކަމަށެވެ. ސިއްހަތަށް އެއްވެސް ފައިދާއެއް ނުކުރާ ކާނާ ބޭނުންކުރާ ނަމަ ލޭގައި ގުލްކޯޒް ހުންނަ މިންވަރު ބެލެންސް ނުވެ ސިއްހަތަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވަ އެވެ. ސްޓްރެސް އާއި ދުރުވުމަށް މަސައްކަތް ނުކުރެވޭނަމަ އެ ސްޓްރެސްގެ ސަބަބުން ނިދުމަށް އުނދަގޫވެ މީހާ ނަފްސާނީ ގޮތުން ބަލިކޮށްލަ އެވެ.

ސެލްމޮން އިން ނިދަން ފަސޭހަކޮށްދޭ

ސެލްމޮން އަކީ ގުދުރަތީ ގޮތުން އޮމެގާ 3 އަކުން މުއްސަނދިވެފައިވާ އެއްޗަކަށް ވުމުން ނިދަން ފަސޭހަ ކޮށްދީ އެންޒައިޓީ އިން ދުރުކޮށްދެ އެވެ. އަދި މީގެ އިތުރުން ޑިޕްރެޝަނާވެސް ދުރުކޮށްދެ އެވެ. ސެލްމޮންގެ އިތުރުންވެސް އޮމެގާ 3 ހުންނަ ކާނާ ބޭނުންކުރާނަމަ ސްޓްރެސް އާއި ޑީލް ކުރެވޭ ކަމަށް ގިނަ ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

ކޮންމެ ދުވަަކުވެސް ޑާކް ޗޮކްލެޓު ކާންވީ

ޗޮކްލެޓަކީ އިނގިލިން ގުނާލެވޭހާ މަދު އަދަދެއް ނޫނީ އެހެން ހުރިހާ އެންމެނަށްވެސް މީރު އެއްޗެކެވެ. މިއީ ސްޓްރެސް ކުޑަކޮށްދޭ މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗެއް ކަމަށްވެ އެވެ. ޖާނަލް އޮފް ޕްރޮޓިއަމް ރިސާޗުގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން ކޮންމެ ދުވަހަކުވެސް 1.4 އައުންސް ޑާކް ޗޮކްލެޓް ކާ ނަމަ ހަށިގަނޑުގައި ކޯޓިސޮލް ހުންނަ މިންވަރު ދަށްވެ ސްޓްރެސް ކުޑަކޮށްދެ އެވެ. ނަމަވެސް އެއީ ޑާކް ޗޮކްެޓް ބޭނުންކުރާ ނަމަ އެވެ. ޑާކް ޗޮކްލެޓްގެ 70% އަކީ ކޮކޯ އެވެ. މިލްކް ޗޮކްލެޓުގައި އެމިންވަރަށް ކޮކޯ ނުހިމެނެ އެވެ.

ބެރީޒް އަދި ޔޯގަޓް

ސްޓްރެސް ވުމުން ކާން މިއަށްވުރެ ވަކި ފައިދާ ބޮޑު އެހެން އެއްޗެއް ނެތެވެ. ބްލޫބެރީ. ރާސްބެރީ، ސްޓްރޯބެރީއެއް ކިޔާނެ ކަމެއް ނެތެވެ. މިއީ މޫޑު ބަދަލުކޮށްލަން އެފަދަ ދެވަނައެއް ނުވާ މޭވާތަކެކެވެ. ދިރާސާތަކުން އެއޮތީ ނިކަން ރަނގަޅަށް ސާފުކޮށް އެނގޭށެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި ސިއްހަތު ރަނގަޅު ބެކްޓީރިއާ އާ ދެމެދު ވަރުގަދަ ގުޅުމެއްވެ އެވެ. މާބޮޑަށް ސްޓްރެސް ވުމުން ގޮހޮރަށް ސިކުނޑ ފޮނުވާލާ ސިގުނަލަކުން ބަނޑުގައި ރިއްސަން މެދުވެރިވޭ ނޫން ހެއްޔެވެ؟ މިކަމަށް އޮތް އެންމެ ރަނގަޅު ފަރުވާ އަކީ ޔޯގަޓް ބޭނުންކުރުމެވެ. ޔޯގަޓްގައި ގޮހޮރަށް ބޭނުންވާ މާއްދާތައް އެކުލެވޭ ބެކްޓީރިއާ ހިމެނެ އެވެ.