އެސްޓީއޯ

ފުރަތަމަ ކްއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 30 ޕަސެންޓް މައްޗަށް

  • މި ކްއާޓަރުގައި 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކުރި
  • އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބުނު

އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު، މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރާ އަޅާބަލާއިރު 30 ޕަސެންޓް އިތުރުވެއްޖެ އެވެ.

ސަރުކާރާއި އާއްމުން ހިއްސާވާ ކުންފުނި އެސްޓީއޯއިން އާނމު ކޮށްފައިވާ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި 112 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 30 ޕަސެންޓުގެ އިތުރުވުމެކެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެ ކުންފުނިން 1.2 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެ ކުންފުނިން 1.3 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 1.6 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވެ އެވެ.