ބޮލީވުޑް

ސޯނަމް އޭނާގެ ނަމުގައި އެޕެއް ނެރެފި

Apr 30, 2016

މަޝްހޫރު ބަތަލާ އަދި ޕެޝަނިސްޓާ ސޯނަމް ކަޕޫރު، އޭނާގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗްކޮށްފި އެވެ.

ސޯނަމް ކަޕޫރުގެ ނަމުގައި ނެރުނު މި އެޕްލިކޭޝަނަކީ ސޯނަމްގެ ފޭނުންނާއި ވީހާވެސް ކައިރިން އޭނާގެ ހުރިހާ ކަންތައްތަކެއް ހިއްސާ ކުރުމަށް ނެރުނު އެޕްލިކޭޝަނެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި އެޕްލިކޭޝަނުން ސޯނަމްގެ އެކްސްކްލޫސިވް ފޮޓޯތަކާއި އޭނާ ކުޅެމުން އަންނަ ފިލްމުތަކުގެ އެންމެ ފަހުގެ ހަބަރުތަކުގެ އިތުރުން މޭކަޕް ޓިއުޓޯރިލް އާއި ސޯނަމްގެ ހާއްސަ ސްޓައިލް ޓިޕްސް ވެސް ލިބެން ހުންނާނެ އެވެ.

އެޕް ލޯންޗ ކުރުމަށް ރޭ ބޭއްވި ހަފްލާގައި ސޯނަމް ވަނީ މި އެޕްލިކޭޝަން އަކީ އޭނާގެ ފޭނުންނަށް އޭނާގެ ދުނިޔެއަށް ވާސިލްވެވޭނެ އެންމެ ފުރިހަމަ ގޮތް ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ދުނިޔެއާ ގުޅި، އަހަރެންގެ ކަންތައްތައް އެންމެ ފުރަތަމަ އިނގޭ މީހަކަށްވޭ" ސޯނަމް ބުނެފައިވެ އެވެ.

މި އެޕްލިކޭޝަނާއެކު ސޯނަމް ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އެޕްލިކޭޝަނެއް ނެރުނު ފުރަތަމަ ތަރި އަށެވެ.

ސޯނަމްގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ ތެރެއިން ރިއަލިޓީ ޓީވީ ތަރި ކިމް ކަޑާޝިއަން އާއި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ލީ މިޝެއިލްގެ އިތުރުން މެޑޯނާ ވަނީ އެމީހުންގެ ނަމުގައި އެޕްލިކޭޝަންތައް ނެރެފަ އެވެ.