ޖޭއެސްސީ

އުތުރުގެ ހަތަރު އަތޮޅުގެ މެޖިސްޓްރޭޓުންނަށް ބޭއްވި ސެމިނާ ނިންމާލައިފި

Apr 30, 2016

އުތުރުގެ ހަތަރު އަތޮޅުގެ މެޖިސްޓްރޭޓުންނަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހއ. ހޯރަފުށީގައި ބޭއްވި ސެމިނާ ނިންމާލައިފި އެވެ.

ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅުގެ މެޖިސްޓްރޭޓުންނަށް ބޭއްވި ދެ ދުވަހުގެ ސެމިނާގައި މެޖިސްޓްރޭޓުންނަށް ކޮމިޝަނުންގެ މަސައްކަތްތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބިނާވެފައި ހުންނަ މައިގަނޑު މައްސަލަތަކާ އެކަންކަން ހައްލުކުރަން ފަނޑިޔާރުންގެ މަސައްކަތް ބިނާކުރަންޖެހޭގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ އަދުލުގެ ނިޒާމުގައި ކުޑަކުދިންނާމެދު އަމަލުކުރުމަށް ހަދާފައިވާ އުސޫލުތަކާ ބެހޭގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން މި ސެމިނާގައި މައުލޫމާތު ދިނެވެ.