ބިލެތްފަހި

ބިލެތްފަހީ ގިރާ ސަރަހައްދުގައި ބޮޑު ހިލަ ޖަހަން ފަށައިފި

Apr 30, 2016

ށ. ބިލެތްފަހީގެ ގިރާ ސަރަހައްދުގައި ބޮޑުހިލަ ޖަހައި އެ ސަރަހައްދު ހިމާތަޔް ކުރަން ފަށައިފި އެވެ.

މި މަސައްކަތުގައި ބިލަތްފަހީގެ އުތުރުފަރާތުގައި 720 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖަހާނެ އެވެ.

ބިލަތް ފަހިން ގިރާ އެ ސަރަހައްދުން 150 ފޫޓުގެ ސަރަހައްދެއް ގިރާލައި ރަށުގެ ތިމާވެއްޓަށް ވަނީ މިހާރު ވެސް ބޮޑެތި ގެއްލުން ލިބިފައެވެ. މި ސަރަހައްދުގައި ބޮޑު ހިލަ ޖަހަނީ ކެޕިޓަލް އިންވެސްޓްމަންޓުންނެވެ. މި މަސައްކަތް ހަމަސް ދުވަހުން ނިންމަންޖެހެ އެވެ.