އިމިގްރޭޝަން

ވަޒީފާއަށް ރާއްޖެ އަންނަ ނޭޕާލްގެ މީހުންގެ ސެކިއުރިޓީ ޑިޕޮޒިޓަށް ބަަދަލު ގެނެސްފި

Apr 30, 2016

އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ނޭޕާލްގެ ރައްޔިތުން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ބަހައްޓަންޖެހޭ ފައިސާގެ އަދަދަށް ބަދަލު ގެނެސްފި އެވެ.

މި ބަދަލާ ގުޅިގެން ޑިޕޮޒިޓްބަހައްޓަންޖެހޭ އަދަދަކީ 11,000 ރ. އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި ބަދަލު ގެނައީ ރާއްޖެއިން ނޭޕާލަށް ވައިގެމަގުން ދިއުމުގެ އެއްކޮޅު ޓިކެޓުގެ އަގަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ނޭޕާލް ރައްޔިތުންގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ އަލަށް ކަނޑައެޅި އަދު، 11,000ރ. ކަމަށެވެ.

އަދި އޭގެ ކުރިން ކުރިން އެމްޕްލޯއިމަންޓް އެޕްރޫވަލް އެޕްލިކޭޝަން އެޕްރޫވްކޮށްފައިވީ ނަމަވެސް، އެ ދުވަހުން ފެށިގެން ދައްކާނަމަ ނޭޕާލް ރައްޔިތުންގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ބަލައިގަންނާނީ -/11,000ރ. ކަމަށެވެ.