ބޭރު ކުޅިވަރު

ކޮޕާ އެމެރިކާގައި ނޭމާ ނުކުޅޭނެ: ބާސެލޯނާ

ކޮޕާ އެމެރިކާގެ 100 ވަނަ މުބާރާތުގައި ބްރެޒިލް ޓީމަށް ނޭމާ ނުކުޅޭނެ ކަމަށް ބާސެލޯނާއިން ބުނެފި އެވެ.

ބްރެޒިލާއި ބާސެލޯނާއިން މިކަން އިއުލާނުކުރީ ދެ ފަރާތުން މަޝްވަރާކުރުމަށްފަހު އެވެ.

ނޭމާ ބޭނުންވީ ދެ މުބާރާތުގައި ވެސް ބްރެޒިލް ޓީމަށް ކުޅޭށެވެ. ނަމަވެސް އޮގަސްޓް ތިނަކުން 20 އަށް ބާއްވާ މުބާރާތުގައި ކުޅޭނަމަ ކޮޕާ އެމެރިކާގައި ނުކުޅެވޭނެ ކަމަށް ބާސެލޯނާއިން ވަނީ ބުނެފަ އެވެ. އެއީ ކުލަބުން ކުޅުންތެރިޔާ މާގިނަ ދުވަހަށް ދޫކުރަން ބޭނުންނުވާތީ އެވެ.

ބާސެލޯނާއިން ނެރުނު ބަޔާނުގައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ނޭމާ ލައްވައި ކޮންމެވެސް އެއް މުބާރާތުގައި ކުޅުވަން އެއްބަސްވީތީވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިއީ ކުޅުންތެރިޔާ އަށާއި ކުލަބަށް ވެސް އެންމެ ފައިދާ ހުރިގޮތް ކަމަށެވެ.

އަންނަ މަހުގެ ތިނަކުން 26 އަށް އެމެރިކާގައި ބާއްވާ ކޮޕާ އެމެރިކާ މުބާރާތުގައި ބްރެޒިލް ހިމެނެނީ ހައިޓީ އާއި އިކުއެޑޯ އާއި ޕެރޫ ހިމެނޭ ގްރޫޕުގަ އެވެ