ދުނިޔެ

އައިއެސް އިން ޖޯޑަންގެ ޕައިލެޓް ކޮއްޓަކަށް ލައި އަންދާލައިފި

ސީރިއާ އަށް ބޮން އަޅަން އުޅެނިކޮށް ވައްޓާލި ޖޯޑަންގެ އަސްކަރީ ޖެޓްގައި އިން ޕައިލެޓް ކޮއްޓަކަށް ލައި އަންދާލާ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް އިސްލާމިކް ސްޓޭޓް (އައިއެސް) އިން އާންމުކޮށްފި އެވެ.

އައިއެސް އިން ވައްޓާލި ޖެޓްގައި އިން ޕައިލެޓް މުއާޒް އަލް ހަސާސްބީހް އަންދާލައިފި ކަމަށް އައިއެސް އިން ބުނެފައި މި ވަނީ އޭނާ މިނިވަންކުރާނީ ޖޯޑަންގައި ހައްޔަރުކޮށްފައި ހުރި ސާޖިދާ އަލް ރިޝާވީ ދޫކޮށްލުމުން ކަމަށް ބުނެ މުހުލަތެއް ދިނުމަށް ފަހުގަ އެވެ. ސާޖިދާ އަކީ ޖޯޑަންގައި 2005 ވަނަ އަހަރު ދިން ބޮމުގެ ހަމަލާތަކެއްގައި ބައިވެރިވިކަން ސާބިތުވެފައިވާ މީހެެކެވެ.

ޖޯޑަން އިން ބުނެފައި ވަނީ ޕައިލެޓްގެ ބަދަލުގައި ސާޖިދާ މިނިވަންކުރަން ތައްޔާރު ކަމަށާއި އެކަމަކު ޕައިލެޓް ދިރިހުރިކަމުގެ ހެކި އައިއެސް އިން ފުރަތަމަ ދޭން ޖެހޭނެ ކަމަށެވެ.

ޕައިލެޓް މަރާލުމުގެ ކުރިން އައިއެސް އިން ވަނީ ޖަޕާނު މީހަކު ވެސް ކަރު ބުރިކޮށް މަރާލައިފަ އެވެ.