ލައިފްސްޓައިލް

ފިރިމީހާ ވަގު ބިޓުން ގެންގުޅޭތަ؟

ފިރިމީހާ އަށް ޝައްކު ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މީހުންގެ ފަރާތުން ފާޑު ފާޑުގެ ވާހަކަތައް އިވެނީ އެވެ. އެކަމަކު މި ޝައްކު ކުރާކަށް ބޭނުމެއް ނޫނެވެ. މި ދުނިޔެއިން އެންމެ އިތުބާރު ކުރާ މީހަކީ އެއީ އެވެ. އެކަމަކު އަޑެއް ކިއްޔާ ރެނދެެއްވެސް ލާނެ އެވެ. ޝައްކުކޮށް ކޮށް މީހާ ޑިޕްރެޝަން އަށްދާ ހިސާބަށް ދިޔައިރުވެސް ފިރި މީހާ ކުރެން އަހާލާކަށް ނުކެރުނެވެ. ފިރިމީހާ އެކަމަށް އެއްބަސްވެދާނެ ކަމާމެދު ޝައްކެވެ. ރުޅި އައިސްގެން ހަޅޭއްލަވައިގެންފާނެ އެވެ.

އެހެން ވީމަ ފިރިމީހާގެ ފަރާތުން ފެންނަ ނިޝާންތަކުން ދެނެގަންނާށެވެ. މިސާލަކަށް އުޅުމަށް ބަލައިލާށެވެ. ބޭވަފާތެރި ނުވަތަ "ވަގު ބިޓެއް" ގެންގުޅޭނަމަ ފިރިމީހާގެ އުޅުމާއި އަމަލުތައް ތަފާތުވާނެ އެވެ. އެކަން ބަސްޓްވިއިރު އޮތީ ފިރިމީހާ އާއި އެބުނާ "ހާއްސަ ލޯބިވެރިއާ" އާ ދެމީހުން މިއޮންނަނީ ގުޅިގެން ވަކި ނުވެވޭ ހިސާބަށް ގޮސްފަ އެވެ. މިކަމުގެ ޒިންމާވެސް ތިމާ ނަގަން ޖެހުނީ ހެއްޔެވެ؟ ނުވަތަ ފިރި މީހާގެ ފޯނުގެ ޕާސްވޯޑެއް ޖަހައި ތިބާއަށް ފޯނު ސިއްރުކުރީ ހެއްޔެވެ؟ އިތުރަށް ކުރާނެ ޝައްކެތް ނެވެ. ފިރިމީހާގެ ފޯނަކު އަނބިމީހާއަށް ސިއްރުކުރާނެ ކަމެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އުޅުމަށް އަންނަ ބަދަލު ސިއްރެއް ނުވާނެ

"އަނެެއްހެން މާބޮޑު ހެއްކެއް ނުލިބެނީސް އަންހެނުންނަށް އެނގިއްޖެ. ކުރެވޭނެ ކަމެއް ހެދޭނެ ގޮތެއް ނެތް." އަނބި މީހާއަށް ބޭވަފާތެރިވި ފިރިހެނަކު ބުންޏެވެ. އެހެން ވެއްޖިޔާ އިތުރަށް ކޮން ޝައްކުތަކެއް ކުރާ ހެއްޔެވެ؟ އަދިވެސް އިތުރު ހެކި ހޯދިދާނެ އެވެ.

ދެވަނަ ކަމަކަށް ފިރި މީހާގެ މޫޑަށް އެ އަންނަ ބަދަލަށް ވިސްނާލާށެވެ. އަވަހަށް ރުޅި ގަދަވެ ކުދި ކުދި ކަންތައްތަކާއި މިހާރު ފިރިމީހާ ރުޅި ގަދަވެ ދެމީހުން ޒުވާބުކުރަން ޖެހުނީ ހެއްޔެވެ؟

ހެދުން އަޅާ ގޮތާއި ސްޓައިލް ވެސް ބަދަލުކުރާނެ

މިއީ ނިކަން ފަށސޭހައިން ދެނެގަނެވޭނެ ގޮތެވެ. އެއިންނަ ޗަކަސް ބަނޑު ހިންދާ ހެދުން އެޅުމަށްވެސް ބަދަލުތަކެއް ގެންނަނީ ހެއްޔެވެ؟ އެންމެ ފަހުގެ ޒަމާނީ އެއްޗެއްސަށް ފެޝަން ބަދަލުކުރާނެ އެވެ. އެކަމާއި ސުވާލު ކުރުމަށްވުރެ ނުކުރުން ބުއްދިވެރި އެވެ. ފިރިމީހާ އެއްބަހެއް ނުވާނެ އެވެ.

އަނެއްކާ މިހާރު ފިރިމީހާގެ ހަނދާނުގައި ހުންނަ ކަންކަން ވެސް ތަފާތުވެއްޖެ އެވެ. ފިރިމީހާ ދެމީހުން ކުރި މަޖާކަމެއްގެ ވާހަކަ ދައްކަފާނެ އެެވެ. އެވާހަކައަށް ހިނި އައުމުގެ ބަދަލުގައި ހައިރާންވެ އަނގަ ހުޅުވިފައ ހުންނާނެ ކަމެއް ނެތެވެ. ބައެއް ފަހަރު ކުރަން ނުވެސް ބުނާ ކަމެއް ކޮށްފާނެ އެވެ. މިހާރު ހާއްސަވެ ލޯބިވެގެން އެއުޅެނީ އެއަންހެނާ ދެކެ އެވެ. ދެ މީހުންގެ ކަންތައް ބޮލަށް ލައިގެން އުޅޭތީ އޮޅޭގޮތްވީ އެވެ. މިކަހަލަ ސިފަތައް ފެންނަނަމަ އިތުރަށް ދުރުވުމުގެ ބަދަލުގައި ކައިރިވާށެވެ. ފިރިމީހާ އަށް އޭނަ އެބުނާ "ސްޕޭސް" އެއް ދޭނެ ކަމެއް ނެތެވެ. އެ ސްޕޭސެއް ދީގެން މިހާރުވެސް ތިއޮތީ ކަންތައްތައް ގޯހުން ގޯހަށް ގޮސްފަ އެވެ.

ނިކަން ޕްރައިވެޓް ވާނެ

ފޯނުގައި ބޮޑު ތަޅު އަޅުވާ ލެޕްޓޮޕްގައިވެސް ތަޅެއް އެޅުވީ ދޯ އެވެ. އޭގައި އޮފީހުގެ ބައެއް ސިއްރު މައުލޫމާތުތައް ހުރީޔޯލަ އެވެ. ފޯނެއް އަޔަސް ދުރަށް ގޮސްގެން ނޫނީ ވާހަކައެއް ނުދެއްކެ އެވެ. މެސެޖަކަށްވެސް ރިޕްލައި ކުރަނީ ނުފެންނަ ހިސާބަށް ގޮސްފަ އެވެ. އެކަމަކު އެ ފޯނަށް މީގެކުރިން އަންނަ ގިނަ މެސެޖުތަކަށް ރިޕްލައި ކުރަން ބުނީވެސް ހަމަ ފިރިމީހާ ނޫންހެއްޔެވެ. މިކަހަލަ އެތައް ދޮގެއް ހަދާނެ އެވެ. އެހެންޏާ ދެމީހުން އެކީގައި އޮފީހަށް ދިޔަޔަސް މިހާރު އޮފީސް ބިޒީވުމަކީ އެންމެ ގިނައިން ދައްކާ އެކްސްކިއުޒެވެ.

ފިރިމީހާއަށް ލިބޭ މުސާރައިގެ ތަފްސީލު ނުލިބެން ފަށައިފި ދޯ އެވެ. ގޭގެ ހަރަދު ތަކަށް ކުޑަ މިންވަރެއް ދީފައި ދެން ސޭވްކުރަނީ އޭ ބުނާއިރު ކަމެއް ޖެހޭއިރު އެންމެ ފައިސާ ފޮއްޗެއްވެސް ރައްކާކުރެވިފައެއް ނެތެވެ. އޭބަލަ ފިރިމީހާ އެވެ. އެކައުންޓު ފްރީޒްކުރީ ހެއްޔެވެ؟ ނޫނީ ބެންކު މީހުންނަށް އޮޅުނީ ހެއްޔެވެ؟ މީގެ ޖަވާބެއް ކިތަންމެ ބޭނުންވިއަސް ނުލިބޭނެ އެވެ. އެކަމަކު ފިރިމީހާގެ އަތްތިލައިގެ ހޫނު ހަމަލާއެއް ލިބިދާނެ އެވެ.

ހަމައެކަނި ޕްރައިވެސީއެއް ނޫނެވެ. ނިކަން ރައްޓެހިންވެސް ވާނެ އެވެ. ކުރިން ކިތަންމެ ވަރަކަށް ކޮފީއަކަށްދާން އެމީހުން ގުޅިއަސް ކަހާތަން ހިރުވާވެސް ނުލާނެ އެވެ. ކޮންމެސް ބަހަނާއެއް ދައްކާފައި ނުގޮސްވާހާ ގޮތެއް ބަލާނެ އެވެ. އަބަދުވެސް ފެމިލީ އަށް ވަގުތު ނުދެވިގެން އެކަމާ ވިސްނާނެ އެވެ. އެކަމަކު މިހާރު އަބަދު ކޮފީގަ އެވެ. ނޫނީ އޮފީހުގަ އެވެ. އޮފީހުގެ ޒިިންމާތައް އިތުރުވީ ކަމުގެ ބަހަނާގަ އެވެ. އެކަމަކު ހަގީގަތް އެނގޭ ހެއްޔެވެ؟ މިސިފަަތައް ފެންނާނީ ފިރިމީހާ ވަގު ބިޓުން ކައިރިއަށް ދާ ނަމައެވެ.