ވައްކަން

ވަގަށް ނެގި ސައިކަލެއްގައި ލުނބޯ ބަސްތާއެއް ވަގަށް ނަގައިގެން ދަނިކޮށް ވެއްޓި ހައްޔަރުވެއްޖެ

May 2, 2016
2
ފުލުހުންތަކެއް މާލެތެރެ ޕެޓްރޯލް ކުރަނީ ---
0%
0%
0%

ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސް ލުނބޯ ބަސްތާއެއް ވަގަށް ނަގައި ދިޔަ ދެމީހަކު ސައިކަލުން ވެއްޓި ހައްޔަރުވެއްޖެ އެވެ.

ފުލުހުން ބުނީ ބާޒާރުމަތީ ފިހާރައަކުން ލުނބޯ ބަސްތާއެއް ވަގަށް ނަގައިގެން ފިލަން މަސައްކަތްކުރި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި
އެ ދެމީހުން ހައްޔަރު ކުރީ އެ މީހުން ވަގަށް ނަގާފައިވާ ސައިކަލެއްގައި މިދިއަ ހޮނިހިރު ދުވަހު ލުނބޯ ބަސްތާއެއް ވަގަށް ނަގައިގެން ސައިކަލުގައި ދުއްވާފައި އެ ސައިކަލުގެ ފަހަތުންދިޔަ މީހަކު އެއްލި ފޮށިގަނޑަކުން ޖެހި ދެމީހުން ވެއްޓުމާއެކު ބަސްތާ އާއި ސައިކަލް ދޫކޮށް ފިލަން ދުވަނިކޮށް ކަމަށެވެ. ފުލުހުން އެމީހުން އަތުލައިގަތީ ޖަސްޓިސް ބިލްޑިން ކައިރިންނެވެ. ،

މި ދެ މީހުންގެ ތެރެއިން އެކަކީ މީގެ ކުރިން ވެސް މީހުންގެ މުދަލަށް ގެއްލުންދިނުމުގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަނެއް މީހާއަކީ ފޭރުމާއި މާރާމާރީ ހިންގުމުގެ ރިކޯޑްސް އޮތް މީހެކެވެ.

މި ދެ މީހުން ވަގަށް ނަގައިގެން ދުއްވި ސައިކަލް ވަނީ ޓޯކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345