ފޭރުން

ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ރޫޓުގެ ފައިސާ ފޭރެން މަސައްކަތް ކުރާ މަންޒަރުގެ ސީސީޓީވީ ފުޓޭޖް
0%
0%
0%

ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ރޫޓު ފިހާރައިގެ ފައިސާތަކެއް ވަގަށް ނަގަން އުޅުނު މައްސަލައިގެ ތުހުމަތުގައިި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިމީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

ރޫޓުގެ ފައިސާތަކެއް ބެންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެމް ހަމަލާއެއް ދިނީ މި ހަފުތާގެ އާދީއްތާ ދުވަހު އެވެ. ހެލްމެޓު އެޅި ހަތަރު މީހަކު ގޮއިސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރި ނަމަވެސް، އެ ކަން ހުއްޓުވީ، އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީ އެވެ.

ރޫޓުގެ އޮފިޝަލެއް މީގެ ކުރިން ބުނި ގޮތުގައި، އެ ފައިސާތަކުގެ އަދަަދު 4.5 މިލިއަނަށް އަރާނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345