ފޭރުން

ސައިކަލެއް ވަގަށް ނަގައި، ފޭރުނު މީހަކު ހޯދަނީ

Aug 12, 2020

މީހެއްގެ ސައިކަލް ވަގަށް ނަގައި އޭގައި ދުއްވާފައި ގޮސް އެހެން މީހަކު އަތުން ފޭރި، ފިލާފައިވާ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ވަނީ އެ މީހާގެ ފޮޓޯއެއް ވެސް އާންމު ކޮށްފަ އެވެ. އަދި ބުނީ ފޮޓޯ އާންމު ކުރި އެ މީހާއަކީ މ. ވައިޓްފިޝް، އިބްރާހީމް ޝަރީފު 33، ކަމަށާއި އޭނާ ހޯދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ތަހުގީގަކަށް ކަމަށެވެ.

ޝަރީފަކީ އިތުރު މީހަކާއެކު މިދިއަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު ނަސަންދުރައި ކުރިމަތީ ޕާކިން ޒޯނުން ސައިކަލެއް ވަގަށް ނަގައި އެ ސައިކަލްގައި އަމީނީމަގާއި ކަށިމާހިނގުން ގުޅޭ ހިސާބުން އަންހެނެއްގެ އަތުން ފޭރުނު މީހެކެވެ. އެކަމާ ގުޅިގެން އޭނާ ހޯދާ ނުފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ