ފޭރުން

ރޫޓުގެ ފައިސާތައް ފޭރެން އުޅުނު މީހުނަށް ނާކާމިޔާބު

Oct 25, 2020
5
ރޫޓުގެ ފައިސާ ފޭރެން ބަޔަކު މަސައްކަތް ކުރަނީ: ފޭރެން އުޅުނު މީހުން ނާކާމިޔާބު ކޮށްލީ ބޭންކްގެ ސެކިއުރިޓީ އާއި ރޫޓުގެ މުވައްޒަފުން
80%
20%
0%

ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު ބަޔަކު ހުއްޓުވައި އެކަން ނާކާމިޔާބު ކޮށްލައިފި އެވެ.

ރޫޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނީގެ 4.5 މިލިއަނެއްހާ ރުފިޔާ ޖަމާ ކުރަން މިއަދު ބޭންކް އޮފް ސިލޯނަށް ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީން ހިފަހައްޓައި ފައިސާތައް ސަލާމަތް ކޮށްފައި ކަމަށެވެ.

އެ އޮފިޝަލު ވިދާޅުވީ ފޭރެން އުޅުނު މީހުން ރޫޓުގެ މުވައްޒަފުންގެ ލޮލަށް ބޮޑީސްޕްރޭ ޖެހި ކަމަށާއި ނަމަވެސް ބޮޑު ގެއްލުމެއް އެ މުވައްވަޒުންނަށް އެއިން ނުލިބޭ ކަމަށެވެ.

ރޫޓުގެ ފައިސާތައް ފޭރެން މަސައްކަތް ކުރި ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ރޫޓުގެ ވެހިކަލް ފަހަތުން ގޮސް ބޭންކް އޮފް ސިލޯންގެ ދޮރުމަތީގައި މަޑުކުރެ އެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުން މީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރު ފެނެ އެވެ. ވެހިކަލްގައި ތިބި މީހުންގެ ލޮލަށް ސުޕްރޭ ޖަހާތަން ވެސް ވީޑިއޯގައި ފެނެ އެވެ.

ބޭންކުގެ ސެކިއުރިޓީންނާއި ރޫޓުގެ މުވައްޒަފުން އެއްވާން ފެށުމުން އެ ހަތަރު މީހުން ވަނީ ވެހިކަލްގަ ހުރި ބޮޑު ފޮށިގަނޑެއް ނެގުމަށް ބެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު މި މީހުންނަށް އެކަން ކާމިޔާބު ނުވެ ސެކިއުރިޓީން ވަނީ އެ މީހުން ހިފަހައްޓާ ފައިސާތައް ސަލާމަތް ކޮށްފަ އެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ބޭންކަށް ޖަމާ ކުރަން ދިޔަ ފައިސާތަކެއް ފޭރުން އުޅުނު މައްސަލައެއް މިއަދު މެންދުރެއްހާރު ހުށަހެޅުމުން ބަލަމްން ގެންދާ ކަމަށެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިންޑިއާ އައުޓް

މިވީޑިއޯއިން ފެންނަނީ ގޮންމުށައް ނުސީހޭ ދިވެހިން ފިންޑިކަން ހަތަރު ވަގަކު ބައެއްގެ އަތުން ފޭރެން ދިމާކުރުމުން އެހިސާބުގަތިބި ގިނަ އަދަދެއްގެމީހުން ދުވެފިލާމަންޒަރު ސާބަހޭ ދިވެހިން

ބޮންދު

އެވަ ރުންވެސް އެކަންތައް ހުއްޓުވަން ކައި ރިވެލާނެހާ ހިތްވަ ރު ހު ރި މީހަކު ތިތަނުން ނުފެނުނުކަމީ ދެ ރަކަ މީ

ހަބީބު

ކޮބާބާ ފަހަ ރިދައިތަގެ ބަހަކީ މީގަ ސަފާ ރީ ކޭސްވެސް ނުވި ބޮޑުކަމަކައް

ބުނަންތޯ

ކެމެރާމަނެށް ފިލްމް ޝޫޓިންނަކަށް ތައްޔާރުގަ ހުރިހެން މިވީޑިއޯކޮޅުން ފެންނަނީ.

ހަސަނުގ

ފޮށިގަނޑު ހިއްލާލެވޭ ވަރުވެސް ނެތް ސޮރެއް. އަނގަ ވަތަށް އެޖެހުނީ. މަ ހީހީ ހަލާކު.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345