ފޭރުން

ތޫނު އެއްޗަކުން ބިރުދައްކައި ފޭރުނު ތިން މީހަކު ހޯދަނީ

ތޫނު އެއްޗަކުން ބިރުދައްކައި ފޭރުނު މައްސަލައަކާ ގުޅިގެން ފުލުހުން ތިން މީހަކު ހޯދަން ފަށައިފި އެވެ.

އެ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދަމުން ދަނީ ގއ. ކޮލަމާފުށީ ނިވައިދަށުގޭ އުމުރުން 19 އަހަރުގެ އަލީ ރަފާހް ރިޔާޒް އާއި ސ. ހިތަދޫ، ޑިސެމްބަރު، ހުސައިން ޝާނީޒް 21، އާއި ލ. ގަން / ތުނޑި، ކީމިޔާގެ، ހަސަން ރާޝިދު 20، އެވެ.

މި ތިން މީހުންނާބެހޭ މައުލޫމާތު ލިބިފައިވާނަމަ ހިއްސާކޮށް ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.