ހޮލީވުޑް

ވިކީ ފެލޮން އާ އެބްޒް ލަވް ރާއްޖޭގައި އެންގޭޖްވެއްޖެ

ހޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިޔަކު ރާއްޖޭގެ ރިސޯޓެއްގައި އެންގޭޖުވެއްޖެ އެވެ. ވިކީ ފެލޮން އާއި އެބްޒް ލަވް އެންގޭޖްވެފައިވަނީ ސޮނެވާފުށި ރިސޯޓުގަ އެވެ.

އެ ދެތަރިން އެންގޭޖުވިކަން އިއުލާނުކޮށް ވަނީ ޓްވިޓާގައި ފޮޓޯތައް ވެސް ޝެއާ ކޮށްފަ އެވެ. މި ދެތަރިން އެންގޭޖުވި ފޮޓޯތައް ޕޯސްޓުކުރުމާއެކު އެ ދެތަރިންގެ ފޭނުންވަނީ ކައިވެނި ކުރުން އޮތް ހިސާބު އޮޅުންފިލުވަން ސުވާލު އުފައްދާފަ އެވެ. އެކަމާ ގުޅޭގޮތުން ބުނެފައިވަނީ އެމީހުން ބާއްވާނީ ވަރަށް "ފާމް ވެޑިން" އެއް ކަމަށެވެ. ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ވިކީ ފެލޮންއަކީ އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ޖަރުމަނު ރައްޔިތެކެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން އެއީ ޓީވީ ޝޯ ޕްރެޒެންޓަރެއްވެސް މެއެވެ. އަދި އޭނާ އަކީ ލަވަ ލިޔުމަށްވެސް ކުޅަދާނަ ތަރި އެކެވެ. އެބްޒް ލަވް އަކީވެސް ލަވަ ކިޔާ އަދި ލަވަ ހަދާ ޝޯ ޕްރެޒެންޓަރެކެވެ.