ވިޔަފާރި

ބޭންކްތަކުން ޓީ-ބިލް ގަތް އަދަދު 32 ޕަސެންޓް އިތުރު ވެއްޖެ

0%
0%
0%
  • ޓީ-ބިލްގެ ދަރަނި ވަނީ 14 ޕަސެންޓް އިތުރުވެފަ
  • ނުދައްކާ ހުރީ 20.3 ބިލިއަން ރުފިޔާ
  • އަމިއްލަ ފަރާތްތަކުން ޓީ-ބިލް ގަނޭ

ކޭޝް ފްލޯ ހަމަޖެއްސުމަށް ސަރުކާރުން ދޫކުރާ ޓީ-ބިލަށް ރާއްޖޭގެ ވިޔަފާރި ބޭންކްތަކުން އިންވެސްޓްކުރި އަދަދު އަހަރު ދުވަހުގެ ތެރޭގައި 32 ޕަސެންޓް އިތުރު ވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން މާޗް މަސް ނިމުނުއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ދޫކޮށްފައިވާ ޓީ-ބިލާއި ޓީ- ބޮންޑުގެ ގޮތުގައި ނުދައްކާ 20.3 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ. މި އަދަދުވަނީ އަހަރު ދުވަހަށް ބަލާއިރު 14 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި މަހުން މަހަށް ބަލާއިރު މި އަދަދު ވަނީ ދެ ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

ޓީ-ބިލަށް އިންވެސްޓް ކުރި އަދަދު ދައްކުވައިދޭ ޗާޓެއް.--މައުލޫމާތު: އެމްއެމްއޭ

މަރުކަޒީ ބޭންކުން ބުނި ގޮތުގައި އަހަރު ދުވަހަށް ބަލާއިރު ވިޔަފާރި ބޭންކްތަކާއި އެހެނިހެން ފަރާތްތަކުން ޓީ-ބިލަށް އިންވެސްޓް ކުރި އަދަދު ވަނީ 14 ޕަސެންޓް އިތުރުވެފަ އެވެ. އަދި ވިޔަފާރި ބޭންކްތަކުން ޓީ-ބިލަށް އިންވެސްޓްކުރި އަދަދު ވަނީ 32 ޕަސެންޓް އިތުރުވެފަ އެވެ.

"..ފާއިތުވެދިޔަ މަސް ނިމުނުއިރު ޓީ-ބިލްގެ އައުޓްސްޓޭޑިންގެ އަދަދަކީ 7.4 ބިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 979.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މިހެންވީ ސަރުކާރުން ޕެންޝަން ފަންޑަށް ދޫކޮށްފައިވާ ޓީ-ބިލްތަކުގެ ބައެއް ޓީ-ބޮންޑަށް މިދިޔަ އަހަރު ބަދަލުކޮށް ވިޔަފާރީ ބޭންކްތަކަށް ޓީ-ބޮންޑް ދޫކޮށްފައިވާތީ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910