މިހަފްތާ ފެށިގެން އައި އިރު އެންމެ ބާރަށް ރާއްޖޭގައި ދައްކަމުންދިޔަ ވާހަކަ އަކީ މޯލްޑިވިއަން އައިޑޮލްގެ ވާހަކަ އެވެ. އައިޑޮލްގެ ފަހު ޝޯ ނުވަތަ ގްރޭންޑް ފިނާލޭ ކުރިއަށް ގެންގޮސް ރާއްޖޭގެ ފުރަތަމަ މޯލްޑިވިއަން އައިޑޮލް އަކަށް ލައިޝާ ޖުނައިދު މިވަނީ ހޮވާފަ އެވެ. ދައްކަން މިއުޅޭ ވާހަކަ އަކީ އެއްގޮތަކަށްވެސް މޯލްޑިވިއަން އައިޑޮލްގެ ވާހަކައެއް ނޫނެވެ. މި އައިޑޮލް ކުރިއަށް ގެންދަން ހިތްވަރާއެކު މަސައްކަތް ކުރި އަންހެން ކަނބަލެއްގެ ވާހަކަ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޝާޔަން ޝަހިދު އޭ ބުނުމުން ބައެއް މީހުންނަށް ނޭނގޭނެ އެވެ. އެކަމަކު މަޝްހޫރު ފިލްމީ ތަރި އަބުދުﷲ މުއާޒް (މުއާ) ގެ އަނބިކަނބަލުންނޭ ބުނެފިއްޔާ ނޭނގޭނެ އެއްވެސް މީހެއް ނުހުންނާނެ އެވެ. ގެނެސްދޭން މިއުޅެނީ ކާމިޔާބު ކަމާއެކު މޯލްޑިވިއަން އައިޑޮލް ފަދަ ބޮޑު މުބާރާތެއް ބޭއްވިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުނު ޝާޔަން މޯލްޑިވިއަން އައިޑޮލް އާއި ބެހޭގޮތުން އަވަސް އަށް ދިން އިންޓަވިއު އެވެ.
އަންހެނަކަށްވެ ހުރެ މޯލްޑިވިއަން އައިޑޮލް ފަދަ ބޮޑު މުބާރާތެއް ލީޑު ކޮށްގެން ކުރިއަށް ގެންދިޔައިރު ކުރެވުނު ތަޖުރިބާ ހިއްސާކޮށްލަ ދީބަލަ؟
" ވަކި އަންހެނަކަށް ވެގެން އަޅުގަނޑަށް ފާހަގައެއް ނުވޭ ވަކި އުނދަގުލޭ. އެއީ އަޅުގަނޑު ކުރާ ކަމެއް ކުރަނީ ޕެޝަން އާ ޑެޑިކޭޓާ އެއްކޮށ. ކޮންމެ ޕްރޮޖެކްޓެއްވެސް އަޅުގަނޑުގެ މޯޓިވް އަކީ އޭތި ސަކްސެސް އެއްޗަކަށް ހެދޭތޯ. ޕްރޮޖެކްޓެއްވެއްޖެޔާ އެޓްލީސްޓު ބްރޭކް އީވަން ކުރެވޭތޯ. އަންހެނަކަށްވެގެންވެސް، އަޅުގަނޑުމެންނަށް ގިނަ ފަހަރަށް މި އަޑު އިވެނީ އަންހެނުންނަށް ވަކި ކަމެއް ނުވާނޭ. ބޮޑެތި ޕްރޮޖެކްޓްސް ހޭންޑްލް ނުކުރެވޭނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަންހެނުންގެ މެނޭޖިން ސްކިލްސް މާ ވަރުގަދަ ވާނެ. މީކީ ފިިރހެންނުނަށް ބުނާ ބަދުބަހެއް ނޫން. މި ބުނީ އެވްރީ ލިޓްލް ޑީޓެއިލް އަންހެނުން ކޮންސާން ވާނޭ މެނޭޖް ކުރުމުގައިވެސް."
ބައެއް މީހުން އެބަ ބުނޭ މޯލްޑިވިއަން އައިޑޮލް ކުރިއަށް ގެންދަން ޝާޔަން އިސްވެ ކުރި ބުރަ މަސައްކަތްތަކުގެ އަގު ވަޒަނެއް ނުކުރެޔޭ. މިކަމަށް ކީކޭ ބުނާނީ؟
" ޕީއެސްއެމުން އަގުވަޒަން ކުރަން ޖެހޭ ވަރަށް ކުރި އަޅުގަނޑުގެ، އަޅުގަނޑުގެ އަގުވަޒަން ކުރަން ޖެހޭނީ އަޅުގަނޑުގެ އިސްވެރިންގެ. އެމްޑީގެ ވާހަކަފުޅުގައި އަޅުގަނޑުގެ ނަން ހިމެނި. އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް އަޅުގަނޑުގެ ލައިފްގައިވެސް ކައުންޓުކުރާ، އެއީ އެރޭ ޝުކުރު އަދާކުރުންވެސް. އެންމެ ޖުމްލަ އެއްވެސް އެއީ ރިވޯޑަކަށްވުރެ ބޮޑަށް ރިކޮގްނިޝަން އެއް ދެވިއްޖެ އެރޭ.
މީ ފްރެންޗައިޒ ޝޯ އެއް. މީގައި ޝޯގެ ތެރެއިން ވަކި މީހަކަށް ޝުކުރު އަދާކުރުމެއް ނޯވޭ. މުޅި ޝޯ އަށް ބަލާއިރު މިއީ ކުދިން ފޭމަސްވާ ގޮތަށް އިންނަ ޝޯއެއް. އެކަމަކު ކޮންްމެ ގްރޭންޑް ފިނާލޭއެއްގައިވެސް އެ ޗެނަލެއްގެ ހެޑް އަރާފަ ވާހަކަ ދައްކާނީ. "
މޯލްޑިވިއަން އައިޑޮލްއަކީ ކާމިޔާބު މުބާރާތެކޭ ބުނެވިދާނެތަ؟ އައިޑޮލް ކުރިއަށް ގެންދިޔަ ގޮތާ ބެހޭ ގޮތުން ޕީއެސްއެމުން ބުނަނީ ކީކޭ؟
"މޯލްޑިވިއަން އައިޑޮލް އަކީ މީތި ގެނައިި އިރުގައި، މީގެ ކޯސްޓު ބޮޑުކަމުންނާއި ފްރެންޗައިޒް ފީ ބޮޑުކަމުން ގަބޫލު ނުކުރެވޭ މީތި ފީޒިބަލް ޕްރޮޖެކްޓަކަށް ހެދިދާނެ ކަމަކަށް. އެއް ރީޒަނަކީ މިކޮޅުގައި ރިސޯސަސް ނެތުން. މީހުންނަށް ބެލި ކަމުގައިވިޔަސް، އިކުއިޕްމެންޓަށް ބެލި ކަމުގައި ވިޔަސް. ޓެލެންޓަށް ބެލިއަސް. ބޮޑު މިއުޒިކާ ގުޅުންހުރި ރިއަލިޓީ ޝޯއަކަށްވެފައި ގާތްގަނޑަކަށް އަށް މަސްދުވަހު ހަމައެކަނި މިކަހަލަ ޝޯ އަކަށް ހުސްކޮށްލަން ޖެހުނީމަކާ އެއީ ކީ ވޯތު އެއްޗަކަށް ނުވޭ މިއުޒިކް އިންޑަސްޓްރީގައި އުޅޭ މީހުންނަކަށް. މިސާލަކަށް ކޯޗަކަށް އަޅުގަނޑުމެން ތޭރަވާ ނެގީ. ހަމަ މިއުޒިކް ބޭންޑެއްވެސް ނެގީ، އެބޭންޑުވެސް ހަމަ އަޅުގަނޑުމެންގެ މަގްސަދަކަށްވީ އެހެން ސްޓެޕަކަށް ހިއްލާލަ ދިނުން. "
މޯލްޑިވިއަން އައިޑޮލް ކުރިއަށް ގެންދިޔައިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟ އެފަދަ ބޮޑު އިވެންޓެއް ކުރިއަށް ގެންދަން އަދާކުރަން ޖެހުނު ޒިންމާ، އަނެއްހެން ބުނާނަމަ ޕާސަނަލް އެކްސްޕީރިއަންސް ކިޔާލަދީބަލަ؟
"އެންމެ ފުރަތަމަ ދިމާވި އެންމެ ބޮޑު ޗެލެންޖަކީ މިއަށް ސޮޕްންސާ ރެއިޒް ކުރުން. އާ ޕްރޮޑަކްޓަކަށްވެފައި ރާއްޖޭގައި އަލަށް ބަޔަކު މިހާ ބޮޑު ޕްރޮޖެކްޓަކަށް މިހާ ބޮޑޫ ސްޕޮންސާ އެއް އެކުރީ. ބައެއް ކުންފުނިތަކަށް ތިން ހަތަރު ފަހަރުވެސް ގޮސް ހުންނާނެ. އިންވެސްޓުމެންޓެއް ގޮތަށް އޭތި ގެންދިޔައީ. ޝޯ އެއާ ކުރަން ފެށިފަހުން 70 ޕަސަންޓު ސްޕޮންސާޝިޕްސް ލިބުނީ. ޝޯ ފެށިގެން ހަމަ ނިމެންދެން ސްޕޮންސާޝިޕްސް ލިބެމުންދިޔަ.
ދެވަނަ ގޮންޖެހުމަކީ ކުރިންވެސް ދެންނެވި ފަދައިން ޓެލެންޓު މިތާގައި ކުރިންވެސް ދެންނެވި ފަދައިން މިއުޒިކްގެ މީހުން އަށް ވަރަކަށް މަސް ދުވަހު މިކަމަށް ހުސް ވެގެން ހުންނަން ޖެހުން. މިކަމަށްވެސް ވަރަށް ބޮޑު ކޯސްޓެއް އެލޮކޭޓް ކުރަން ޖެހުނު. އެކަމަކު ވަރަށް އުފާވޭ ޕާމް ޓޯންސް ފަދަ އާ ބޭންޑެއް އައިސް އެހީތެރވެދިނީތީ، އެކަހަލަ ޗެލެންޖެސް ހަމަ ބޮޑު.
ޝާޔަން ކުރިން މަސައްކަތް ކުރީ މެގަ މޯލްޑިވްސްގައި، އެމަސައްކަތްތަކާއި މިހާރު މޯލްޑިވިއަން އައިޑޮލްގައި ކުރަންޖެހޭ މަސައްކަތްތަކާއި ދެމެދު ހުރި ތަފާތަކީ ކޮބާ؟
"އެންމެ ފުރަތަމަ މަސައްކަތްކުރީ އެސްޓީއޯގައި. އެސްޓީއޯގެ ރީ ސްޓްރަކްޗަރިން އެސް އޭޕީ އިމްޕްލިމެންޓޭޝަންގެ ޕްރޮޖެކްޓް ޗޭންޖް މެނޭޖް ލީޑަކަށް. ވަރަށް ހިއުޖު ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓަށްވެސް ގާތްގަނޑަކަށް ތްރީ ޓު ފޯ މަންތްސް އަޅުގަނޑު މަސައްކަތް ކުރިން. އެވެސް ސަކްސެސްފުލް ޕްރޮޖެކްޓެއް ގޮތަށް އިމްޕްލިމެންޓު ވެގެންދިޔަ. އެދެން ބޮޑު ޓީމަކުން. ދެޓް ވޯޒް އަ ވެރީ ގުޑް ޕްރޮޖެކްޓް މެނޭޖްކުރުމުގައި. ދެން އަޅުގަނޑު ޖޮއިން ކުރީ މެގާއަށް. މެގާގައިވެސް ވަރަށް ބޮޑުު ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔައިން. އަޅުގަނޑު ވަރަށް އިންޓްރަސްޓް ހުރޭ ބޮޑެތު ޕްރޮޖެކްޓް ތަކަށް. މެނޭޖްކުރުން އަޅުގަނޑުގެ ސްޕޭޝަލިޓީ އަކީ. ދެން މިކަހަލަ ޕްރޮޑަކްޝަން އެއް މެނޭޖްކުރަން އަލަށް މި ލިބުނީ. މީގެން އަޅުގަނޑަށްވެސް ލާންވި ޕްރޮޑަކްޝަން ޓީމެއް ކިހިނެއްކަން ގެންދަނީ.
އެކައްޗަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެނޭޖް ރަނގަޅަށް ކުރެވިއްޖެޔާ އޭތި ރަނގަޅު ޕްރޮޖެކްޓަކަށް ހެދޭނެ. "
މޯލްޑިވިއަން އައިޑޯލްގެ ބައެއް ކޮންފިޑެންޝަލް ވާހަކަތައް ޝާޔަންގެ ފަރާތުން ބޭރުވެފައި ހުރި ކަމަށް މީހުން ބުނޭ، އެކަހަލަ ބައެއް ވާހަކަތަކާއި ބެހޭގޮތުން ޝާޔަންގެ ފިރިމީހާ މުއާ، ދެއްކި ކަމަށް ފެތުރުނު ވާހަކަތަކަށް ދޭނެ ރެސްޕޮންޑަކީ ކޮބާ؟
"ޓެލެންޓު މެނޭޖްކުރަން ޓޮޕް 10 ކުދިންނާއެކު އެގްރިމެންޓެއްގައި ސޮއިކޮށްފައި އިންނާނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓޮޕް 10 ގެ މެނޭޖަރުންނަކީ މި އެގްރިމެންޓުގެ މުއްދަތުގައި ޕީއެސްއެމް، އިތުރު މީހަކަށް ނުވަތަ އިތުރު ފަރާތްތަކަށް އެ ޓެލެންޓު މެނޭޖްކުރުން އަޅުގަނޑު ގަބޫލެއްް ނުކުރަން ލިބިދާނެ ކަމަށް ޕީއެސްއެމް އޮއްވަ.
ޓެލެންޓު މެނޭޖުކުރަން މިހެދިފައި އޮތް އެގްރިމެންޓުގައި މި މުއްދަތުގައި އެކުދިންގެ ޓެލެންޓު މެނޭޖްކުރާނެ އެހެން މެނޭޖަރެއް ނުހުންނާނެ. އެހެންވީމަ އެގޮތަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ޕީއެސްއެމުން ރައްދު ދޭން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން. ޕީއެސްއެމް އެކުދިންގެ މެނޭޖަރެއްގެ ރޯލު ކުޅޭނީ، ޕީއެސްއެމް އެކުދިންގެ ބިހާފުގައި ބުނަން ޖެހޭ އެއްޗެއް ބުނާނީ."
އަދި ބައެއް މީހުން ކިޔާ އައިޑޮލްގެ ނަތީޖާ އޮޅުވާލާފައިވެޔޭ، އެފަދަ ވާހަކަތަކެއް، ކޮބާ އެއަށް ދޭން އޮތް ރައްދަކީ؟
"އައިޑޮލްގެ ނަތީޖާ އޮޅުވާލުމުގެ ފުރުސަތެއް ޕީއެސްއެމަށް އެއްވެސް ގޮތަކަށް ނުލިބޭނެ. އަސްލު މި ނަތީޖާ މިއަންނަނީ ދެކޮޅަކުން. 50 ޕަސަންޓު ވޯޓު، 50 ޕަސަންޓު ޖަޖުން، ވޯޓުން އަންނަ އެސްއެމްއެސްތައް ހުންނާނެ އެ ނެޓްވޯކެއްގެ ޑޭޓާސްތައް ބަލައިލައިފިއްޔާ އޭގެ ޔަގީންކަން އެފަރާތަކަށްވެސް ލިބޭނެ. ދެން ޖަޖުން ދީފައި ހުރީ ސްކޯސް ހުންނާނީ އެހުރި ގޮތަށް، ކަނޑާލާފައި ހުރެއްޖެޔާ އެ ޖަޖެއްގެ ސޮއެ އިންނާނެ ކޮންމެ އެއްޗެއްގައިވެސް. ދެން ހަމަ ހުންނާނީ ވަރަށް ކޮންފިޑެންޝިއަލީ ފައިލް ކުރެވިފައި.
ވޯޓު މެނޭޖްމެންޓު ހުރިހާ ކަމެއް ކުރީ އޭއެޗް އެސޯސިއޭޓްސް އިން މިނިވަން އޮޑިޓް ފާމަކުން. އެހެންވީމަ މީގަ ޕީއެސްއެމްގެ ދައުރަކީ އެ އޮޑިޓް ފާމުން ދޭ އޮޑިޓް ރިޕޯޓު ފައިލް ކޮށްލުން. ކޮންފިޑެންޝަލީ އެ އެތި ބޭއްވުން. އޮޑިޓް ރިޕޯޓު ކޮންމެ ޝޯ އަކަށްފަހު ނެރުމަކީ މީގެ ފޯމެޓާއި ހިލާފުވުން، ތިކަހަލަ ވާހަކަތައް ދެކެވޭތީ ފްރިމެންޓަލް މީޑިއާ އިން ހުއްދައަކަށް އެދުނިން މީގެ އޮޑިޓް ރިޕޯޓެއް ނެރެން ވީކްލީ. ބަޓް އެއީ ހަމަ މީގެ ފޯމެޓާ ހިލާފުވުން، އެކަމަކު އެދުވަހު އައި ޓޯޓަލް ވޯޓުގެ އަދަދު ބުނެވިދާނެ އެކަމަކު އެއަކުންވެސް މާބޮޑު އެއްޗެއް ޔަގީންކޮށެއް ނުދޭނެ. މިސާލަކަށް ޕަބްލިކް އެ ބޭނުންވަނީ ކިހާވަރެއްތޯ ޖަޖުން ދިނީ ކިހާވަރެއްތޯ ވޯޓު އައީ. އެއެއް ޔަގީނެއް ނުކުރެވޭނެ ޕަބްލިކަކަށް. އެކަމަކު އޭސީސީން ވިއަސް ކޮންމެ އޮތޯރިޓީއަކުން ބަލަން ބޭނުންވިއަސް ހުންނާނެ ހުރިހާ ފައިލެއް ޑޮކިއުމެންޓު ކުރެވިފައި. އޮޑިޓް ފާމުންވެސް އޭތި ޔަގީންކޮށް ދޭނެ."
މޯލްޑިވިއަން އައިޑޮލްގެ ޓޮޕް 10 ކުރިއަރުވަން ޕީއެސްއެމުން މިވަނީ އެގްރިމެންޓެއް ހަދާފައި، އޭގައިވާ ގޮތުން ދެ އަހަރު ވަންދެން އެ ބައިވެރިން އަލްބަމް ކަހަލަ އެއްޗެހިން ލިބޭ އާމްދަނީގެ 30 ޕަސަންޓު ޕީއެސްއެމަށް ދޭން ޖެހޭތީ ވަރަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވި. އެކަމަށް ކީކޭ ބުނާނީ؟
"30 ޕަސަންޓު އިންނަނީ ޕީއެސްއެމް އަށް، އަޅުގަނޑުމެން ދެ އަހަރަށް ކުރި މި އެގްރިމެންޓަކީ އެކުދިން ވަކި ގޮތަކަށް ބައްޓަން ކުރެވިގެން މި އައީ، ޓެލެންޓު ޑޭ ބައި ޑޭ އެކުދިން ހަމަ އިމްޕްރޫވް ކުރަން ކިޔާދެމުން، ކޯޗު ކޮށްދެމުން މި ގެނައީ. މުޅި ޓޯޓަލް ޕްރޮޖެކްޓެ ވެލިއު 17 މިލިއަން ރުފިޔާ، 10 ކުދިންގެ ޓެލެންޓު މި މެނޭޖް ކުރަނީ، އެކުދިންނަށް ބަހާލައިގެން ބަލައިފިއްޔާ ކިތައް މިލިއަން ތޯ އެއީ ކުއްޖަކަށް، އެހެން ބަލައިިފިއްޔާ އަޅުގަނޑުމެންނަކަށް މިކުދިން ލަވަކިޔައިގެން އެ ނަގާ 30 ޕަސަންޓަށް އަޅުގަނޑުމެން މި ސްޕެންޑުކުރި ވަރަށް ރިޓާން އެއް ނުވާނެ. އެކަމަކު މި ނަގާ 30 ޕަސަންޓަކީ މެނޭޖާއެއްގެ ގޮތުން އަޅުގަނޑުމެން ކުޅޭ ރޯލަށް ނަގާ ބައެއް. ކޮންމެ ބައެއް ވިޔަސް މެނޭޖާއެއްގެ ބަޔަށް ކޮމިޝަން ނަގާނެ، އެއީ އިންޓަނޭޝަނަލީ އެކަން އޮންނަ ގޮތް.
އެމެރިކާ ކަހަލަ އިންޑިއާ ކަހަލަ ތަންތާ ނަގާ 50 ޕަސަންޓު، އަޅުގަނޑުމެން އޭތިވެސް ކުޑަކޮށްލާފައި. މި ފޯމެޓުގައި އިންނަ ގޮތުން ވިއްޔާ ޓޮޕް 16 އަށް ބައެއް ތަންތަނުން އެގްރިމެންޓު ހަދާ، އަޅުގަނޑުމެންނަށް އޮޕްޝަން އިންނާނެ 10 ނޫނީ 12 ނޫނީ 16 އިން ފަށައިގެން ޓޮޕް މެނޭޖްކުރެވެން. އަޅުގަނޑުމެން ނިންމީ ޓޮޕް 10 މެނޭޖްކުރަން.
މިހާރުވެސް ބައެއް ކުދިންނަށް ފުރުސަތުތައް ދެމުންދަނީ، އެކަމަކު އަދި ނީންނާނެ ޕީއެސްއެމް އަކުން އެ ނަގަންޖެހޭ 30 ޕަސަންޓު ނަގާފައެއް"
އައިޑޮލް ޓޮޕް 10 ގެ ޓެލެންޓު މެނޭޖުކޮށް ކުރިއަރުވަން ޕީއެސްއެމުން ކުރަން ނިންމާފައިވާ ކަންތައްތަކަކީ ކޮބާ؟
"ޕީއެސްއެމުން މިހާރުވެސް އަލްބަމްތަކެއް ރިކޯޑުކުރަން ނިންމާފައިވަނީ ވީޑިއޯވެސް ހަދަން، ސޯލޯ އަލްބަމްތަކެއް ހަދަން ޓޮޕް 10ގެވެސް އަލްބަމްތަކެއް ހަދަން. ދެން އެކުދިން ޓްރެއިން ކުރުމުގައި އަޅުގަނޑުމެންނަށް ހަމަ އޮޕޮޗުނިޓީސްތައް މި ހޯދަނީ ވޯކަލް ޓްރެއިނިންގްސް ތަކާއި، އެހެން ގޮތްގޮތުންވެސް. އެކުދިން މެނޭޖްކުރާނެ މީހަކު ނެތިއްޔާމުން އަޅުގަނޑުމެން މި ބިލްޑުކޮށްދިން އެތި ނުވަތަ އޭގެ ވެލިއު ދަށްވާ ކަހަލަ ގޮތަކަށް ބޭނުންކުރެވޭ ފަހަރުވެސް އަންނާނެ.
އެހެންވީމަ މީގަ އަޅުގަނޑުމެންގެ ބޮޑު ދައުރަކީ ޓެލެންޓު މެނޭޖަރެއްގެ ގޮތުގައި ހުރެ އެކުދިންނަށް ހައްގުވާ އެކުދިންނަށް ވަކި ސްޓޭންޑަޑެއްގައި މިތަނުން ކެރިއާއެއް ބިލްޑުކޮށް އާމްދަނީއެއް ލިބޭނެގޮތް ހަދައިދިނުން"
މިޝޯ މިހާރަށްވުރެ ރަނގަޅުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަޖެހޭ؟ ޝޯ މިހާރަށްވުރެ ރަނގަޅު ކުރަން، ކުރަން ނިންމާފައި ހުރި ކަންތައްތަކަކީ ކޮބާ؟
"އެންމެ ފުރަތަމަ ކަމަކަށް ރަނގަޅުކުރަން އެންމެ ބޭނުންވަނީ ޝޯގެ މިއުޒިކްގެ ބައި، އަނެއްހެން ބުނަންޏާ މިއުޒިކް ޑައިރެކްޓާއެއް ނަގައި މިއުޒިކް ޕްރޮޑިއުސާ އެއް ނަގައި މީ ހަމަ ގައިމުވެސް ދެ ވަނަ ސީޒަންގައި އަޅުގަނޑުމެން ކުރާނެ ކަންކަން، މިފަހަރު ބޭންޑަކާއި މިއުޒިކް ކޯޗަކާއި މިނެގީ.
ދެން ރަނގަޅުކޮށްލާނީ ފްރޮމް ދަ ޑޭ ވަން އެކުދިންނަށް ދޭންޖެހޭ ޓްރެއިނިންގްސްތައް، ޓައިމް މެނޭޖްމެންޓް، ޑިސިޕްލިން ބަހައްޓަންްވާ ގޮތް، ދެން އެމީހުންގެ ލައިފް ސްޓައިލް މެނޭޖްކުރަންވާ ގޮތް، މިކަހަލަ ޓްރެއިނިންގްސް ދޭން މިފަހަރު އަޅުގަނޑުމެންނަށް ފުރުސަތު ނުލިބުނީދޭން. ފުރަތަމަ ފަހަރު ވެފައި ޝެޑިއުލް ވެސް މާ ޓައިޓްވެގެން ދިއުމާއި އަޅުގަނޑުމެންނަކަށް ޓައިމް ހޯދައިގެން އެކަންކަން ނުކުރެވުން."
މޯލްޑިވިއަން އައިޑޮލްގެ ދެން އަންނަ ސީޒަންގަ ފެންނާނީ ކޮންކޮން ބަދަލުތަކެއް؟ ޖަޖުން ބަދަލުކޮށްފާނަންތަ؟
"ބަދަލުތަކެއް ފެނިގެންދާނެ ހަމަ ޔަގީނުންވެސް. މިހާރު ތިބި ޖަޖުންވެސް ނެގީކީ ޕީއެސްއެމްއަކުން ނޫން، އެހެން ނަމަވެސް ރާއްޖޭގެ ހުރިހާ ފުންނާބު އުސް ގިނަ ލަވަކިޔުންތެރިންގެ ޕްރޮފައިލްސް އެކޮޅަށް ފޮނުވައިގެން، އެކޮޅުން އިވެލުއޭޓް ކޮށްގެން އަދި އޮޑިޝަންތަކެއްވެސް ބާއްވައިގެން އެކޮޅުން ހޮވީ، އެހެންވީމަ މިފަހަރުވެސް މިހާރު ތިބި ތިން ޖަޖުންގެވެސް ފޮނުވާނަން ކުރިއެކޭ އެއްގޮތަށް އެހެން ފާހަގަކޮށްލެވޭ ފަންނާނުންގެ ޕްރޮފައިލްސްތައް.
އެކޮޅުގައިވެސް ހުރޭ ސްޓެންޑާޑްތަކެއް ޖަޖުން ހޮވުމުގައި، އެހެންވީމަ ސްޓޭންޑާޑްތަކަށް ފިޓުވާ ހުރިހާ އެންމެންގެ ފޮނުވާނަން. ތަފާތެއް ފެނުމަކީ ހަމަ ވަރަށް ގާތް ކަމެއް ޖަަޖުންގެ ޕެނަލްގައިވެސް، ޕްރެޒެންޓަރުންވެސް އެއީ ފޭސެސްތާ."
ދެން އަންނަ ސީޒަންގައި ދިވެހި މިއުޒިކް އިންޑަސްޓްރީ ކުރިއަރުވަން ކިހާ ވަރަކަށް މަސައްކަތް ކުރާނެ؟ މިސާލަކަށް ހަމައެކަނި ދިވެހި އަމިއްލަ ރާގުގެ ލަވަތައް ކިޔުން ކަހަލަ އެއްވެސް ބަދަލެއް ފެނިދާނެތަ؟
"އަސްލު މިހާރު މި ނެގި 10 ކުދިންގެވެސް އަލްބަމް އަޅުގަނޑުމެން އެބަ ހަދަން، އަޅުގަނޑުމެންގެ އުންމީދަކީ އާ ލަވަތަކެއް ދިވެހި މިއުޒިކް އިންޑަސްޓްރީއަށް އާ ލަވަތަކެއް އަމިއްލަ ރާގުގެ ލަވަތަކެއް އުފެދިގެން ދިއުން، ގަބޫލުކުރެވެނީ ސީޒަން ޓޫ ގައި މި ޓޮޕް 10 އަށް ހަދާ ލަވަތައްވެސް ހަމަ ކިޔާނޭ ރައުންޑުތަކުގައި. އެއީ ހަމަ މި އިންޑަސްޓްރީއަށް ލިބޭ އިމްޕްރޫވްމަންޓެއް. ދެން މިއުޒިކް އެ ހޯލް ކޮމްޕޯނަންޓް ވަރުގަދަ ކުރުމަކީ ފަސްޓް ޕްރިއޯރަޓީ އެއީ ސެކަންޑް ސީޒަންގައި.
މިހާރުގެ ޓޮޕް 10 ގެ ކުދިންގެ އަލްބަމްތަކުގެ މަސައްކަތް މިހާރު އަނެއްހެން ބުނަންޏާ މީގެ ކޮސްޓިންނާ މިހުރިހާ ކަމެއް ކުރެވިފައި އަންދާސީ ހިސާބު ހެދިފައި، އަމަލީ މަސައްކަތް ފަށައިގަންނާނަން ވަރަށް އަވަހަށް."
މޯލްޑިވިއަން އައިޑޮލްގެ ޝޯއިން ކަޓައިގެންދިޔަ ބައެއް ކުދިންގެ ސަޕޯޓަރުންނާ އެކުދިންގެ އާއިލާއިން ވަނީ އެމީހުންނަށް ލިބުނު ވޯޓުގެ ނަތީޖާ އާންމުކުރަން އެދިފައި. ޕީއެސްއެމުން އެކަން ނުކުރީ ކީއްވެ؟
"އެއްވެސް ކުއްޖަކު ފޯމަލީ އަޅުގަނޑުމެންނަށް ރިކުއެސްޓެއް ނުކުރޭ ނަތީޖާ ބަލާކަށް ނޫނީ އެއްވެސް އޮތޯރިޓީއެއް މެދުވެރިކޮށްވެސް އަޅުގަނޑުމެންނާ ހަމައަކަށް ނާދޭ މިސާލަކަށް ނަތީޖާ ގަބޫލުނުކުރެވިގެން ސްކޯ ބަލާކަށް އަދި މިހާތަނަކަށް ފޯމަލީ ރިކުއެސްޓެއް އައިސްފަކައެއް ނެތް. ބޭރު ތެރޭގައި ކޮންމެފަދަ ވާހަކައެއްވެސް ދެކެވިދާނެ، ފޯމަލީ އައި ނަމަ އަޅުގަނޑުމެން ޖެހިލުމެއް ނުވާނެ ހަމަ ވަގުތުންވެސް ދައްކާކަށް. އެކަމަކު ކޮންމެ މައުލޫމާތެއް ރިިވިއު ކުރުމުގައިވެސް ޕްރޮސީޖާތަކެއް ހުންނާނެ، އެ ޕްރޮސީޖާތައް ފޮލޯ ކޮށްފައި އައިމަ ރިވިއު ކުރެވޭނެ."
ވައިލް ކާޑާއި ނޯ އެލިމިނޭޝަން މިއީ އެކައްޗެއް ކަމަށް ހީކޮށް ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި. އޭގެ ތަފާތު ކިޔާލަދީބަލަ؟
"މީގެ ފޯމެޓުގައި ސީޒަން ވަން ގައި ނީނދެ ވައިލްޑް ކާޑެއް. ވަރަށް މަޝްހޫރު އެއްޗެއް ވައިލްޑް ކާޑަކީ އަޅުގަނޑުމެންގެ ތެރޭގައި، އެހެންވެ ގިނަ މީހުން އެ ސުވާލު އުފެއްދީވެސް. ހުދު އަޅުގަނޑުވެސް އެހިން ފްރިމެންޓަލް މީޑިއާ މީހުންގެ ކައިރީގައި ވައިލްޑް ކާޑެއް ނީނދޭ ހެއްޔޭ. އަސްލު ސީޒަން ވަން އަކު ވައިލްޑް ކާޑެއް ނީންނާނެ. ސީޒަން ވަން ގައި އިންނާނީ ނޯ އެލިމިނޭޝަން ކިޔާ ޕަވާއެއް ޖަޖުންނަށް ލިބިދޭ. އެ ޕަވާ އިންނާނީވެސް ގާލާގެ ހަތަރުވަނަ ރައުންޑުން ފެށިގެން ޓޮޕް 4 އާ ހަމައަށް. ދެވަނަ ސީޒަންގައި ވައިލްޑް ކާޑް އިންނާނެ. އެކަމަކު ނޯ އެލިމިނޭޝަން އެއް ނީންނާނެ."