އިސްކަންދަރު ވައިގެ ބަނދަރު

"އިސްކަންދަރު ވައިގެ ބަނދަރު" ގެ ނަމުގައި ކައްދޫ މިލިޓަރީ އެއާޕޯޓް ހުޅުވައިފި

May 9, 2016
3

ލ. ކައްދޫގައި މަދަނީ އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓަކަށް ބަަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު" ގެ ނަމުގައި މިއަދު އަލުން ހުޅުވައިފި އެވެ. ރާއްޖޭގައި ތިން ވަނަ އަށް ހެދި އެއާޕޯޓް މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައި މިއަދު ހެނދުނު ހުޅުވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

ރައީސް ޔާމީން ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި މި އެއާޕޯޓް އަލުން ހުޅުވައި ދެއްވި އިރު އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކައްދޫ އެއާޕޯޓް "އިސްކަންދަރު ވައިގެ ބަނދަރު" ނަމަށް ބަދަލުކޮށް މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަން ފެށި ނަމަވެސް މަދަނީ ވައިގެ ދަތުރުތަކަށް މިހާރު ވެސް ބޭނުންކުރާ ގޮތަށް އެއާޕޯޓް ބޭނުން ކުރާނެ އެވެ.

ރައީސް މިއަދު ލ. އަތޮޅަށް ވަޑައިގަތުމުން ކައްދޫން އެމަނިކުފާނަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. ކުރިން އޮތް ގޮތަށް އެމަނިކުފާނަށް މަރުހަބާ ދެއްނެވުމަށް ރޭވި ޕްރޮގްރާމް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލް ކުރީ އެވެ.