އެމްޓީޑީސީ

އެމްޓީޑީސީގެ ބޯޑުގައި އާންމުން ތަމްސީލް ކުރަން 11 ފަރާތެއް ކުރިމަތިލައިފި

May 9, 2016
1

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރަން ޑިރެކްޓަރުން ހޮވަން ފުރުސަތު ހުޅުވައިލުމުން 11 ފަރާތަކުން ކުރިމަތިލައިފި އެވެ.

އެމްޓީޑީސީން ބުނީ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރަން ޑިރެކްޓަރުން ހޮވަން އެކަމަށް އެދޭ ފަރާތްތަކަށް މިދިއަ އޭޕްރީލް މަހު ހުޅުވާލުމުން ޝަރުތު ހަމަވާ 11 ބޭފުޅަކު ބޯޑަށް ކުރިމަތިލައްވާފައިވާ ކަމަށެވެ.

ކުރިމަތިލެއްވި ފަރާތްތަކަކީ ކުންފުނީގައި 505 ހިއްސާ އޮތް ހ. ރީނދޫކޮކާގޭ، އާއިޝަތު ހުސައިން މަނިކާއި އެމްޓީޑީސީގައި 10،000 ހިއްސާ އޮންނަ ހ. ޓޫ ހާޓްސް، މުހައްމަދު ފަރުސަތާއި އެ ކުންފުނީގައި 1650 ހިއްސާ އޮންނަ މ. ހިލް އިން ދަ ގާޑަން އަބްދުﷲ އަބްދުއް ރަހީމާއި 550 ހިއްސާ އޮންނަ މ. ވަރުނުލާ، އަބްދުﷲ ނިސާމެވެ.

އަދި 100 ހިއްސާ އޮންނަ ބ. އޭދަފުށީ، ސްޓާލިން، ޒީޝާން އަބްދުއް ރަހީމާއި 1650 ހިއްސާ އޮންނަ އާރިފް އަބްދުއް ސަމަދާއި 550 ހިއްސާ އޮންނަ ސ. މީދޫ ހަސަން ކާރިގޭ، އަހުމަދު ނިޔާޒާއި 2100 ހިއްސާ އޮންނަ ސ. މަރަދޫ ރޯޝަން، އަބްދުﷲ ލީމާން ޒާހިރު އާއި 550 ހިއްސާ އޮންނަ މއ. މާފުނަ، ހަސަން މިރާސް އާއި 100 ހިއްސާ އޮންނަ މ، ސަނދު، އަހުމަދު ނަސީމާއި 31020 ހިއްސާ އޮންނަ މއ. ސީރާޒީ ކަންމަތީގޭ އަލީ މޫސާ އެވެ.

އެމްޓީޑީސީގެ ހިއްސާދާރުންގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝެޑިއުލްކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހަށެވެ. އެ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ހޮވުން އޮންނާނެ އެވެ. އާންމުން ތަމްސީލް ކުރަނީ ފަސް ބޭފުޅެކެވެ.