އެމްއެމްއޭ

ބާ ނޫޓުތައް ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްފި

ރަންދިހަފަހަކަށް ހޭލުންކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން --
0%
0%
0%

މިހާރު ބޭނުންކުރަމުންދާ ކަރުދާސް ނޫޓާއި ރަން ދިހަފަހެއް ނޫޓު ސީރީޒް އެކުގައި ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްފި އެވެ. ދެ ނޫޓު އެކުގައި ބޭނުންކުރެވޭނެ ފަހު ތާރީހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

ދެ ނޫޓު އެކުގައި ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންކުރެވޭނެ ފަހު ތާރީހެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ މެއި މަހުގެ ނިޔަލަށެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއްދަތު އިތުރުކުރީ މިހާރު ދައުރުވަމުންދާ ކަރުދާސް ނޫޓު ސީރީޒްގެ ތެެރެއިން ބޮޑު ބައެއް އެ އޮތޯރިޓީއަށް ލިބިފައިވީ ނަމަވެސް ބާކީ ހުރި ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން ބޭންކްތަކާއި އެ އޮތޯރިޓީ މެދުވެރިކޮށް ރަން ދިހަފަހެއް ނޫޓު ސީރީޒަށް ބަދަލުކުރުމަށް އާންމުންނަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށެވެ.

އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުން ކުރާނީ ރަން ދިހަފަހެއް ނޫޓު ސީރީޒް އާއި ކަރުދާސް ނޫޓިގެ ފަސް ރުފިޔާ އެވެ. އަދި މިހާރު ބޭނުންކުރަމުންދާ ކަރުދާސް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާ ފިޔަވައި އެހެން ނޫޓުތަކަށް އެކެއް އޮގަސްޓުން ފެށިގެން 31 ޖުލައި 2021ގެ ނިޔަލަށް އެމްއެމްއޭއިން ބަދަލުކޮށްދޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910