މާރާމާރީ ހިންގުން

ދެވަނަ މަރާމާރީއެއްގައި އިތުރު ދެމީހަކު ޒަަހަމްކޮށްލައިފި

May 13, 2016

މާލޭގައި މިރޭ ދެ ވަނަ މާރާމާރީއެއް ހިންގައި އިތުރު ދެ މީހަކު ޒަހަމްކޮށްލައިފި އެވެ. އިރާކޮޅު މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފައި ވަނިކޮށް ދެވަނަ މާރާމާރީއެއް އައިސްފައި ވަނީ މިރޭ 1:00 ޖަހާއެހާކަންހާއިރު އެވެ.

މަޖީދީ މަގުގައި ހުންނަ "ޖެލީ" ކައިރިން ދެ މީހަކު ޒަހަމްކޮށްލި މާރާމާރީގައި ޒަހަމްވި ދެ މީހުންނަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އެމީހުންގެ ހާލާބެހޭ ތަފުސީލެއް ނުލިބެ އެވެ/

މި ދެމީހުންނަށް ފަރުވާ ދެމުން އަންނައިރު މިރޭ ކުރިން ހިނގި މާރާމާރީއާ ގުޅިގެން ތުހުމަތަށް ދެމީހަކު ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.

މާލޭގައި މިރޭ މާރާމާރީތަކެއް އާއިރު އާންމުކޮށް ގްރޫޕް މާރާމާރީ ހިންގާ ބައެއް މީހުން ތިބީ މޮނިކޮން އޯޑަރުގެ ދަށުން ޓެގް އަޅުވާފަ އެވެ. އެމީހުންގެ ފައިގައި ޓެގް އެޅުވި ފަހުން މާރަމާރީތަކެއް އައި މިއީ ދެވަނަ ފަހަރެވެ.