ބޭންކް އޮފް މޯލްޑިވްސް

އޭޓީއެމުން ރީޗާޖު ކުރެވޭ އަދަދު ލިމިޓް ކުރަން އަންގައިފި

May 13, 2016

އޭޓީއެމް އިން ފައިސާ ރީޗާޖު ކުރެވޭ އަދަދު ލިމިޓް ކުރަން އުރީދޫ އާއި ދިރާގަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގަވައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ އެގޮތަށް ނިންމަވައި އަމުރު ކުރެއްވީ އޮޅުވާލައިގެން އެކި ފަރާތްތަކުގެ ބޭންކު އެކައުންޓުގައި ހުންނަ ފައިސާއިން ރިޗާޖު ކުރުން އިތުރުވެ އެކަން ބޮޑު މައްސަލައަކަށް ވެގެން ކަމަށެވެ.

ދުވާލެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް 100،000 ރުފިޔާ ވެސް ރީޗާޖު ކުރެވެ އެވެ. އޮޅުވާލައިފެން ބޮޑެތި އަދަދުތަކުން ކަސްޓަމަރުން ލައްވައި ފައިސާ ރީޗާޖު ކުރާ މައްސަލަތައް އިތުރުވެ ގިނަ މައްސަލަތަކެއް ފުލުހުން ގެންދަނީ ބަލަމުންނެވެ. އެހެންވ މިހާރު އަންގާފައި ވަނީ އޭޓީއެމުން ރީޖާޗު ކުރެވޭ އަދަދަކީ 500ރ. ކަމަށް ހަމަޖެއްސުމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ އެފަދަ އޮޅުވާލުންތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.