ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެމްއެލްގެ އެންމެ ހިދުމަތްތެރި މުވައްޒަފުންނަށް އެވޯޑްދީފި

May 14, 2016

މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑާއި އެހެން އެވޯޑްތައް ދީފިއެވެ.

މި އެވޯޑްތައް މުވައްޒަފުންނަށް ދީފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި ބީއެމްއެލް މުވައްޒަފުންގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ގައެވެ. މުވައްޒަފުންނަށް އެވޯޑްތައް ދީފައިވަނީ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އާއި ޗެއާޕާސަން ފަރިހާ ޝަރީފް ގެ އިތުރުން ބޭންކުގެ ބޯޑް ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރޭ ދިން އެވޯޑްތަކުގެ ތެރޭގައި "ބެސްޓް މެނޭޖާ އެވޯޑް" އާއި "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް" އާއި "ބެސްޓް ލީޑާ އެވޯޑް" އާއި "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް" އާއި "ވޮލަންޓިއާސާވިސް އެވޯޑް" އާއި "ސްޕޯޓްސް ސްޕިރިޓް އެވޯޑް" އާއި "ރިކޮގްނިޝަން ފޯ އެޗީވްމަންޓް" އާއި "އެވޯޑް ފޯ އިނޮވޭޝަން" އާއި "ކަސްޓަމާ ސާވިސް ސްޓާރ" އާއި "އަންސަންގް ޗެމްޕިއަން" އާއި "ރައިސިން ސްޓާ އެވޯޑ" އާއި "ބެސްޓް މާލެ ބްރާންޗް" އާއި "ބެސްޓް އެޓޯލް ބްރާންޗް" އާއި "ބެސްޓް އެޓޯލް އެމްޕްލޯއީ" އާއި "ބެސްޓް ދޯނި ސްޓާފް" އާއި "ބެސްޓް ޕްރޮޖެކްޓް މެނޭޖާ" އާއި "'ބެސްޓް ޓީމް އެވޯޑް" ހިމެނެ އެވެ.

އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ލިބުނީ ބީއެމްއެލްގެ ފެސިލިޓީސް ޔުނިޓްގެ މުޙައްމަދު އާރިޒަށެވެ. އަދި މޫސާ ނިމާލް ވަނީ ބެސްޓް ލީޑާ އެވޯޑް ހޯދާފައެވެ. ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ގެންދިޔައީ މަރިޔަމް ހަމީދެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުގެ ކަމިޔާބީގެ ފަހަތުގައި ތިބި މޭސްތިރިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރި މުވައްޒަފުން ކަމަށެވެ.

ވޭތެވެދިޔަ އަހަރު ފަހުކޮޅު ބޭންކުންވަނީ ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ
ގޮތުން ވެސް ފަހަރަށް އެވޯޑް ދީފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ އަދި ރާއްޖޭގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލްތައް ދިރާސާކޮށް ބޭންކުންވަނީ މިދިޔަ އަހަރު "ޕޭ އެންޑް ރިވޯޑް" ސިސްޓަމެއް ގާއިމުކޮށްފައެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރަން އެންމެ ރަނގަޅުތަންކަމުގައި ބީއެމްއެލް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގުނު މަޝްރޫޢެކެވެ.